އައްޑޫ ހައި ސްކޫލް ކައިރީގައި އޮތް ޕިކަޕެއްގައި ރޯވި އަލިފާންގަނޑު އާންމުން ނިކުމެ ނިއްވާލައިފިއެވެ.

ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ޕިކަޕު ބާއްވާފައިއޮތީ އައްޑޫ ހައި ސްކޫލް ކައިރީގައި ހުންނަ ކާރ ސާރވް އޮޓޯ ރިޕެއަރ ސަރވިސް ގަރާޖް ކުރިމަތީގައެވެ. އަލިފާން ރޯވި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ ރޭ 00:56 ހާއިރުއެވެ. 

ޕިކަޕުގައި ރޯވި އަލިފާން ނިއްވާލެވުނީ އެ ސަރަހައްދުގައި އުޅުނު އާންމުންގެ މަސައްކަތުންނެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައިނުވާއިރު، ޕިކަޕުގެ ކުރީކޮޅަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ފުލިހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.