ކ. ކާށިދޫގައި ކުޑަ ފިރިހެން ކުއްޖަކަށް ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ، ކާށިދޫގައި މަގުމަތިން ދިޔަ ކުޑަ ފިރިހެން ކުއްޖެއްގެ ގައިގައި ޖަހާ މާރާމާރި ހިންގާފައިވާ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މި މައްސަލަ ހުޅަހެޅީ، މިއަދު މެންދުރު 2:51 ގައި ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ފުލުހުން ބުނީ އަނިޔާ ލިބުނު ކުއްޖާއަށް އެރަށު ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާ ކަމަށެވެ. އަދި ކުއްޖާއަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މާރަމާރި ހިންގާ ޒަހަމް ކޮށްލާފައި ވަނީ، އުމުރުން 11 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ.