މާލޭގެ ގަލޮޅުގައި ހުންނަ ގެއެއްގެ މީހަކު ކަރަންޓުގައި ޖެހިގެން އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ކަރަންޓުގައި ޖެހިފައިވަނީ 38 އަހަރުގެ އަންހެނެކެވެ. އޭނާ ކަރަންޓުގައި ޖެހުނު މައްސަލަ ފުލުހަށް ހުށަހަޅާފައިވަނީ އިއްޔެ މެންދުރު 13:18 އެހާއިރުއެވެ.
އެ މީހާއަށް އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫންކަމަށް ފުލުހުންވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.