ޤަވައިދާއި ޚިލާފަށް ރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުން މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ މަސް ބޯޓެއް އެ ބޯޓުގެ 6 ފަޅުވެރިންނާއެކު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މިކަން އެމްއެންޑީއެފް އިން ހާމަކޮށްފައިވަނީ މިއަދުއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި، ބޭރުގެ މަސްބޯޓު އޮތީ ކ.މާފުށިގެ އިރުން 140 ނޯޓިކަލް މޭލު ބޭރުގައެވެ. ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރާކަން އެމްއެންޑީއެފް އަށް ރިޕޯޓްކުރީ އެ ސަރަޙައްދުގައި މަސްވެރިކަން ކުރަމުން ދިޔަ "އަސުރުމާ 03" ނަމަކަށް ކިޔާ ދޯންޏަކުން އިއްޔެގެ ހެނދުނު 11:45 ހާއިރުއެވެ.

މި ރިޕޯރޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި އެމްއެންޑީއެފް ކޯސްޓްގާޑު ޑޯނިއާ ފްލައިޓް ވަނީ ވައިގެ މަގުން މަސްބޯޓު އޮތް ސަރަޙައްދު ދެނެގަނެފައެވެ. އެމްއެންޑީއެފް އިން ބުނެފައިވާ ގޮތުގައި، އިންޑިއާއިން ރީފިޓުގެ މަސައްކަތް ނިންމާ ރާއްޖެއަށް ދަތުރު ކުރުމުން ދިޔަ ކޯސްޓްގާޑު ޝިޕް ހުރަވީ ގެ މިސްރާބު ބޭރުގެ މަސްބޯޓު އޮތް ސަރަޙައްދަށް ބަދަލުކޮށް، އެ ބޯޓު ކޯސްޓުގާޑް ޝިޕް ހުރަވީ ގެ ބެލުމުގެ ދަށަށް ގެނައި އިރު ބޯޓުގައި 6 ފަޅުވެރިން ތިއްބެވެ.

ބޭރުގެ މަސްބޯޓު މިހާރުދަނީ ކޯސްޓްގާޑް ހުރަވީގެ ބެލުމުގެ ދަށުން މާލެއަށް ދަތުރު ކުރަމުންނެވެ. 

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ބޯޓު ކޯސްޓްގާޑްއަށް ރިޕޯޓް ކުރި "އަސުރުމާ 03" ދޯނީގެ ކެޕްޓަނަށާއި ހީވާގި ފަޅުވެރިނާއި އަދި ދޯނީގެ ވެރި ފަރާތުން ކޯސްޓްގާޑުން ވަނީ ޝުކުރު އަދާކޮށްފައެވެ. މި ފަހަކަށް އައިސް ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދާ ބޭރުގެ ބޯޓުތައް އެމްއެންޑީއެފް އިން އަތުލައިގަންނަ ރޭޓު ވަނީ މައްޗަށް ގޮއްސައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.