ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 13،000 އިން މައްޗަށް އަރައިފި އެވެ.
ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން މިއަދު އާންމު ކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މާލެ ސަރަހައްދުން މިއަދު 15 މީހުން ޕޮޒިޓިވްވި އެވެ. އަދި އެހެން ސަރަހައްދުތަކުން އިތުރު ދެ މީހުން ވަނީ ޕޮޒިޓިވްވެފަ އެވެ. މިއަދުގެ 17 ޕޮޒިޓިވް ކޭސްއާއެކު ރާއްޖެއިން ޖުމުލަ ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 13،011 އަށް އަރާފައިވާ ކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކަ އެވެ.
ކޮވިޑްގެ އަދަދު 13،000 އިން މައްޗަށް އެރި ނަމަވެސް މިހާތަނަށް 11،939 މީހުން ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. އަދި 46 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.
ފަހަކަށް އައިސް ކޮވިޑް ޖެހޭ މީހުންގެ އަދަދު ކުއްލިއަކަށް މަތިވުމަށް ފަހު މިހާރު ވަނީ އަދަދުތައް ދަށަށް ދާން ފަށައިފަ އެވެ.