ރާޅުގަނޑު ސަރަހައްދުގައި ކުޑަކުދިންތަކެއް ހަވީރު މަޑިއެރުވުމުގައި -- ޖަޒީރާ ފޮޓޯ: މުހައްމަދު އަފްރާހް

ކުޑަކުދިންގެ ކުށުގެ ރެކޯޑަކީ ސިއްރުގޮތުގައި ބަލަހައްޓަންޖެހޭ އަދި އާންމު ފަރާތަކުން އެދިގެން އާންމުކުރެވޭނެ އެއްޗެއް ނޫންކަމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ހާމަކޮށްފިއެވެ.

ކުޑަކުދިން ކުރާ ކުށްތަކުގެ ރެކޯޑު ބަލަހައްޓަން ވާނީ ސިއްރުގޮތުގައި އަދި ތިންވަނަ ފަރާތަކަށް ނުލިބޭ ގޮތަކަށެވެ. އަދި، އެފަދަ ރެކޯޑުތަކަށް ވާޞިލްވެވޭނީ ކޯޓު އަމުރަކުން ހުއްދަ ލިބިގެން ކުއްޖާގެ މައްސަލަ ބަލާ ފަރާތަށާއި ކަނޑައެޅިގެން އެކަމަށް ހުއްދަކުރެވޭ އެހެން ފަރާތަކަށް އެކަނި ކަމަށް ޤާނޫނު ނަންބަރު 18/2010 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 112 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި ވާތީ ކަމަށް ބުނެފައިވެއެވެ.

ހަމަމިޔާއެކު، އެއްވެސް މީހެއްގެ މައްޗަށް އުފުލާ ދައުވާއަކާއި ގުޅިގެން އެމީހަކަށް 18 އަހަރު ވުމުގެ ކުރީގެ ކުށުގެ ރެކޯޑު ހާމަނުކުރާނެ ކަމަށްވެސް އެފަރާތުން ވަނީ ބުނެފައެވެ. އެއީ 18/2010 (ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު) ގެ 112 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާތީކަމަށްވެސް ބުނެއެވެ.

އެހެންނަމަވެސް، 18 (އަހަރު) ފުރުމުގެ ކުރިން ކުޑަކުއްޖަކު ކޮށްފައިވާ ކުށަކާ ގުޅިގެން ޖުވެނައިލް ކޯޓުން ކޮށްފައިވާ ޙުކުމެއް، ނުވަތަ ޖުވެނައިލް ކޯޓުގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މައްސަލައެއްގައި މެޖިސްޓްރޭޓް ކޯޓަކުން ކޮށްފައިވާ ޙުކުމެއް، ނުވަތަ ޖުވެނައިލް ކޯޓަށް ހުށަހެޅިފައިވާ ނުވަތަ ޖުވެނައިލް ކޯޓުގައި ހިނގަމުންދާ މައްސަލައެއްގެ ރެކޯޑު، ދައުލަތުގެ ކަމާބެހޭ ފަރާތަކުން ބަލަން ބޭނުންވެގެން ހުށަހަޅައިފިނަމަ ރެކޯޑު ބޭނުންވި ސަބަބުތަކަށް ރިއާޔަތްކޮށް ކޮންމެހެން ހާމަކުރަންޖެހޭ ރެކޯޑު ޖުވެނައިލް ކޯޓުން ހުއްދަކުރާ މިންވަރަށް އެކަނި ދޫކުރާނެކަމަށް ބުނެފައިވެއެވެ.

އަދި، މަސްތުވާތަކެތީގެ ފަރުވާގެ ޕްރޮގްރާމުގައި ކުއްޖަކު ބައިވެރިކުރުމަށް ކުށުގެ ރެކޯޑު ސާފުކުރުމަށް ބޭނުންވެގެން، ފަރުވާދޭ މަރުކަޒުންމިޑިޕާޓްމަންޓުގައި އެދުމުން އެފަދަ ފަރާތްތަކުގެ ރެކޯޑު އެއިދާރާއަށް ދޫކުރެވޭނެ ކަމަށްވެސް ބުނެއެވެ.

 

0
2
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.