ކުރިޔަށް އޮތް އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް، ބައެއް ބަދަލުތަކާއެކު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ބަޖެޓް ފާސްކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެންބަރުންގެ އަގުލަބިއްޔަތުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ޕާޓީތަކުގެ މެންބަރުން ވެސް ހިމެނެ އެވެ.

ސަރުކާރުން މަޖިލީހަށް ހުށަހަޅާފައި ވަނީ 34.7 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 17.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށާއި ސަރުކާރުން ކުރަން ޖެހޭ ހަރަދުތަކަށް 33.3 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓެެކެވެ.

މި ބަޖެޓާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގައި އެކި މަރުހަލާތަކުގައި ބަހުސް ކުރިއިރު އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ކޮވިޑް-19 ގެ ހާލަތަށް އެކަށީގެންވާ ބަޖެޓެއް ކަމާމެދު ސުވާލު އުފައްދާ މެންބަރުންގެ މެދުގައި އައި ހިޔާލު ތަފާތުވުންތަކެވެ. 

އެހެން ނަމަވެސް ކޮމިޓީ މަރުހަލާގައި ގިނަ މަޝްރޫއުތައް އިތުރުކޮށް، މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ބައެއް އިދާރާތަކަށް ކަނޑައަޅާފައިވާ ބަޖެޓް ބޮޑު ކުރަން ވަނީ ނިންމައިފަ އެވެ. އެއާއެކު ބަޖެޓްގެ ޖުމުލަ އަދަދު 34.9 ބިލިއަނަށް ވަނީ އަރައިފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.