ޖުވެނައިލް ކޯޓުގެ ފަނޑިޔާރު އަބްދުލްބާރީ ޔޫސުފް އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ގާޒީ ބާރީ ވަކި ކުރަން މަޖިލީހުން މިއަދު ފާސް ކުރީ 62 މެންބަރުންގެ ވޯޓުންނެވެ. އަދި އޭނާ ވަކި ކުރަން ނުފެންނަ ކަމަށް ދެ މެންބަރަކު ވޯޓު ދެއްވި އެވެ.

ބާރީ ވަކިކުރަން މަޖިލީހުން މިއަދު ނިންމި އިރު މިދިޔަ އަހަރު ޑިސެމްބަރު 12 އިން ފެށިގެން އޭނާ ވަނީ ސަސްޕެންޑުކޮށްފަ އެވެ. އެއީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ ފައިސާ އިން ބާރީއަށް މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން އެންގުމުންނެވެ.

އޭގެ އަހަރެންހާ ދުވަސް ފަހުން ބާރީގެ މައްސަ މަޖިލީހަށް ހުށަހަޅާފައި ވަނީ މި މަހު 17 ވަނަ ދުވަހު އެވެ. އެ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ބަޔާނުގައި ބުނީ އެމްއެމްޕީއާރްސީގެ ފައިސާ އިން ބާރީއަށް މަންފާވި މައްސަލައެއް ބަލަމުންދިޔަ އިރު އޭނާއާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގާތް ގުޅުމެއް އޮތް ކަމަށާއި ކްރިމިނަލް ކޯޓުގައި ކުރިން ހިނގި ބޮޑެތި ޝަރީއަތްތަކާ ގުޅިގެން އަދީބް އާއެކު ބައްދަލުވުންތައް ބާއްވާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެގޮތުން ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ކުރި ޖަލު ހުކުމްގެ ކޮޕީއެއް ވެސް އަދީބަށް ފޮނުވާފައިވާ ކަން އެނގެން އޮތް ކަމަށް ޖޭއެސްސީ އިން ބުންޏެވެ.

ބާރީގެ އިތުރުން ދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު ވަކި ކުރަން ވެސް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.