މާލޭގެ ގެއަކުން ގަސްތަކެއް ވަގަށް ނެގި މީހަކު ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ ބުދަ ދުވަހު މާލޭގެ ގެއަކުން ގަސްތަކެއް ވަގަށް ނެގި މައްސަލައެއް އެ އިދާރާއަށް ހުށަހެޅިފައިވާ ކަމަށާއި އެ މައްސަލައިގެ ތަހުގީގަށް މީހަކު ހޯދަން ބޭނުންވާ ކަމަށެވެ. ފުލުހުން ވަނީ އެ މީހާ ގެއަށް ވަދެ ގަހެއް ނަގައިގެން ދާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުކޮށްފަ އެވެ. އެ ވީޑިއޯގައި ގެއަށް ވަގަށް ވަދެ ގަސް ނަގާފައި ވަނީ ފިރިހެނެކެވެ.
ފުލުހުން ބުނީ އެ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.