ރިއޯ އޮލިމްޕިކްސް 2016 ގައި ބައިވެރިވި ރާއްޖޭގެ ކޮންޓިންޖެންޓް -- ފޮޓޯ: ގެޓީ

އޮލިމްޕިކްސް ގޭމްސްއަށް ޓޯކިޔޯއަށް ފުރުމުގެ ކުރިން ރާއްޖެ ހިމެނޭ ގޮތަށް ސާރކްގެ 5 ގައުމަކުން ވިދިވިދިގެން 7 ދުވަހު ކޮވިޑަށް ޓެސްޓު ކުރަން ޖަޕާނުން އެދިއްޖެއެވެ.

ޖަޕާނުގެ ނޫހަކުން އާދީއްތަ ދުވަހު ބުނީ، އިންޑިއާއިން ފެނިފައިވާ ކޮވިޑްގެ "ޑެލްޓާ ވޭރިއަންޓް" ހަލުވިކަމާއެކު ސާރކް ސަރަހައްދުގައި ފެތުރެމުންދިޔުމާއެކު، ރައްކާތެރިވުމަށް ރާއްޖެ ހިމެނޭ ގޮތަށް ސާރކް ސަރަހައްދުން ނޭޕާލް، ޕާކިސްތާން، ސްރީލަންކާ، އަފްއާނިސްތާން އަދި އިންޑިއާގެ އެތުލީޓުން ވިދިވިދިގެން ކޮވިޑަށް 7 ޓެސްޓު ކުރުމަށް އާ އުސޫލެއް ކަނޑައަޅާފައިވާ ކަަމަށެވެ.

އެ ނޫހުގައި އިތުރަށް ބުނެފައިވަނީ ޖަޕާނުން ކަނޑައަޅާ އާ އުސޫލު ހިނގާނީ ހަމައެކަނި ސާރކްގެ 6 ގައުމަށް ކަމަށާއި، އެ އުސޫލަށް އަންނަ ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އެ ގައުމުތަކުން އަމަލުކުރަން ފެށުމަށް އަންގާނެ ކަމަށެވެ.

އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީން (އައިއޯސީ) އިން ކުރިން ކަނޑައަޅާފައިވާ އުސޫލުގައިވާ ގޮތުން ނަމަ، ގޭމްސްގައި ބައިވެރިވާން ސާރކްގެ ގައުމުތަކުގެ އެތުލީޓުން ފުރުމުގެ ކުރިން ހަދަން ޖެހެނީ 4 ދުވަސް ތެރޭގައި 2 ކޮވިޑް ޓެސްޓެވެ.

އަންނަ ޖުލައި މަހުގެ 23 ވަނަ ދުވަހު ފެށުމަށް ޖަޕާނުން މަސައްކަތް ކުރަމުން އަންނަ އޮލިމްޕިކްސްގައި ބައިވެރިވުމަށް ޓޯކިޔޯއަށް ދިޔަ އުގާންޑާގެ އޮލިމްޕިކް ޓީމުގައި ހިމެނޭ އެތުލީޓަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާ ގައިން ފެނިފައިވަނީ ޑެލްޓާ ވޭރިއަންޓް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަރަހައްދުގެ 6 ގައުމުވެސް ގޭމްސްގައި ބައިވެރިވުމަށް ޖަޕާނަށް ދާނީ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްގެން ކަމަށް މީގެ ކުރިން އެ ގައުމުތަކުން ހާމަކޮށްފައިވާއިރު، އެ 6 ގައުމުންވެސް ވަނީ ކޮވިޑަށް ޓެސްޓުކުރުމަށާއި، އެ ބަލިން ރައްކާތެރިވުމަށް އައިއޯސީގެ އިތުރުން ޖަޕާނުން ކަނޑައަޅާފައިވާ އުސޫލްތަކަށް ބޯލަނބާނެ ކަމުގެ ފުރިިހަމަ ޔަގީންކަންދީ ވައުދުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.