މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި)

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ (241) ކޮމިޓީގައި އެމްޑީޕީ ތަމްސީލު ކުރާ މެމްބަރުންނަށް އެ ޕާޓީން އަނެއްކާވެސް ބަދަލެއް ގެނެސްފި އެވެ.

ކޮމިޓީގައި ތިއްބަވާ އެމްޑީޕީ މެމްބަރުންނަށް ބަދަލެއް ގެނައީ އެ ކޮމިޓީގައި އިންނަވާ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ކޮމިޓީ އިން އިސްތިއުފާދެއްވުމުންނެވެ.

'ޖަޒީރާ' އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ ސިނިއަރ މީޑިއަރ އޮފިސަރ އަހުމަދު މާން އައްސަދު ވިދާޅުވީ އިލްޔާސްގެ ބަދަލުގައި ކޮމިޓީއަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ހަމަޖައްސަވާފައިވާ ކަމަށެވެ.

އިލްޔާސް ކޮމިޓީގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއަށް ހާޒިރުވެ، ބަޔާން ދެއްވުމަށްފަހުއެވެ. މި އިންކުއަރީ ހަދަމުންދަނީ 241 ކޮމިޓީންނެވެ.

އިންތި ކޮމިޓީއާއި އަލުން ގުޅިވަޑައިގެންފައިވާއިރު، މިދިޔަ ހަފްތާގައި މަޖިލީހުގެ ރިޔާސަތުން އޭނާގެ ބަދަލުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ކޮމިޓީއަށް ހަމަޖައްސަވާފައިވާ ކަން އިއުލާނުކުރެއްވިއެވެ.

މިހާރު ކޮމިޓީން ދަނީ މުޅި މަޖިލިސް އިގުރާރުވެގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ފެއިލްވި ގޮތުގެ އިންކުއަރީއެއް ހަދަމުންނެވެ.

މި ހަމަލާގެ ފަހުން 241 ކޮމިޓީގައި އެމްޑީޕީ ތަމްސީލުކުރައްވާ މެމްބަރުންނަށް ބަދަލު ގެނެސްފައިވެއެވެ. އެގޮތުން، ރިޔާސަތު ބަލަހައްޓަވަން ޖެހިވަޑައިގަންނަވާތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ކޮމިޓީން ވަކިވެވަޑައިގަތެވެ. އަދި އޭނާގެ ބަދަލުގައި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ހަމަޖެއްސެވިއެވެ. އެހެންނަމަވެސް، އިންކުއަރީގެ މަސައްކަތް ފެށުމާއި އެކު އީވާ ވަނީ ކޮމިޓީގެ މަސައްކަތްތައް ގާތުން ބެއްލެވުމަށް ކޮމިޓީއާއި އަލުން ގުޅިވަޑައިގެންފައެވެ. އެއީ އެ ކޮމިޓީގައި ހިމެނިވަޑައިގެންނެވި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަދަލުގައެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.