އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނީ މި ތަކެތި ނައްތާލީ ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން، އިއްޔެ ދޫނިދޫ ގައި ކަމަށެވެ. އެގޮތުން ފުލުހުން ވަނީ  12 އިންސިޑެންޓެއްގައި ހިމެނޭ ހެކީގެ އިތުރުން މިއަހަރު ފައިލް ކުރެވުނު 23 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއި 201 ވަނަ އަހަރު ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ 36 މައްސަލައެއްގައި ހިމެނޭ ތަކެއްޗާއެކު ޖުމްލަ 71 މައްސަލައެއްގައި ހިމެނޭ ތަކެތި ނައްތާލާފައެވެ.

މި ތަކެތީގެ ތެރޭގައި 71 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 747 ފުޅިއާއި 43 ޕެޓްފުޅިއާއި 1،110 ބިޔަރު ދަޅުގެ އިތުރުން  13 ޕެކެޓާއި ދެ ހަމާއި ފަސް ލީޓަރުގެ 11 ފު އަދި 18 ބިޔަރު ފުޅި އާއި 45 އެހެނިހެން ތަކެތި ހިމެނެއެވެ. މީގެއިތުރުން ސާމްޕަލް ކަޕާއި ކޮތަޅާއި ނޫސް ކަރުދާހާއި ކަރުދާސް ފޮށިގަނޑާއި ދަބަހާއި ލަގެޖް ފޮއްޓާއި ތަށި ފަދަ ތަތި ވެސް ނައްތާލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.