ޔޫރޯ 2020 ގައި އިޓަލީީގެ ކުޅުންތެރިން އުފާ ފާޅުކުރަނީ

ޔޫރޯ 2020 ގެ ގަދަ 16 ގައި 1-2 ގެ ނަތީޖާއަކުން އޮސްޓްރިއާ ބަލިކޮށް އިޓަލީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފިއެވެ.

އިންގްލޭންޑްގެ ވެމްބްލީގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ފެށިގެން ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. އެގޮތުން މެޗު ފެށިގެން ދެޓީމަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން އިޓަލީގެ އޮމޯބައިލް ފޮނުވާލި ހަމަލާ ގޯލު ދަނޑިއަށް އަމާޒުވިއިރު، އޮސްޓްރިއާއިން ވަނީ ޑިފެންސްކޮށް، އިޓަލީ ހިފަހައްޓާފައެވެ. މިއާއެކު، ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް ދެޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ދެޓީމުންވެސް ދިޔައީ އިދިކޮޅު ހާފަށް ބާރުބޮޑު ކުރަމުންނެވެ. އެގޮތުން ލީޑު ނެގުމަށް ހުސް ގިނަ ފުރުސަތު ދެޓީމުންވެސް ތަނަވަސް ކޮށްފައިވާއިރު، އެ ފުރުސަތުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ދެޓީމަށްވެސް ހިފޭ ގޮތް ވަނީ ނުވެފައެވެ.

މި ހާފްގައިވެސް ދެޓީމަށް ނަތީޖާ ނެރެވިފައިނުވާތީ، މެޗުގައި ވަނީ ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެ ހާފް ކުޅެފައެވެ. އެގޮތުން 15 މިނެޓުގެ ފުރަތަމަ ހާފް ފެށިގެން 5 ވަނަ މިނެޓުގައި ދެވަނަ ހާފް ނިމެނިކޮށް، ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި ޗިއޭޒާ ވަނީ އިޓަލީއަށް ލީޑު ނަގައިދީފައެވެ.

މި ލަނޑާއެކު، އިޓަލީން އެޓީމުގެ އެޓޭކްތައް އިތުރަށް ވަރުގަދަ ކޮށްފައިވާއިރު، އޮސްޓްރިއާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އެޓީމުން ވަނީ ފޮނުވާލާފައެވެ. އިޓަލީން ލީޑު ފުޅާކުރީ 105 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި، ޕެސިނާއެވެ.

އޮސްޓްރިއާއިން ވަނީ މެޗުގެ 114 ވަނަ މިނެޓުގައި ލަނޑެއް ކާމިޔާބުކޮށް، ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އެޓީމުން އިޓަލީ ކޮޅަށް ކާމިޔާބުކުރި މި ލަނޑަކީ މިދިޔަ އަހަރު އޮކްޓޫބަރ 2020 ވަނަ އަހަރަށްފަހު އެޓީމު ކޮޅަށް ވަތް ހަމައެކަނި ލަނޑެވެ. އަދި މެޗު މިނެޓުގެ ގޮތުން ބަލާނަމަ، ރޮބާޓޯ މަންޗިނީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިޓަލީ ކޮޅަށް ލަނޑެއް ވަނީ 1،168 މިނެޓު ފަހުންކަން ފާހަގަކުރެވެއެވެ.

ލަނޑާއެކު، އޮސްޓްރިއާ އިން ކުރިޔަށް ޖެހި، އިޓަލީގެ ހާފަށް ބާރުބޮޑުކޮށް، މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ގިނަ މަސައްކަތްތަކެއްވެސް އެޓީމުން ކޮށްފައިވެއެވެ. ނަމަވެސް އިޓަލީގެ ވަރުގަދަ ޑިފެންސްލައިން ދެވަނަ ފަހަރަށް  ފޫއަޅުވާލައި، ނަތީޖާ ހަމަހަމަ ކުރުމަށް އޮސްޓްރިއާ ވަނީ ނުކުޅެދިފައެވެ.

މި ނަތީޖާއާއެކު، ކުއާޓަރގައި އިޓަލީ ނިކުންނާނީ ގަދަ 16 ގައި ޕޯޗުގަލް އަދި ބެލްޖިއަމް ބައްދަލުކުރާ މެޗަށްފަހު، އެޓީމުން މޮޅުވާ ޓީމަކާއެކުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.