އޮސްޓްރޭލިއާގެ ސިޑްނީގައި ކޮވިޑް-19 އައިގެ ޑެލްޓާ ވޭރިއަންޓް ހަލުވިކާމާއެކު ފެތުރެމުން ދިޔުމުގެ ސބަބުން ލޮކްޑައުންއަކަށް ދިއުމަށް ނިންމައިފިއެވެ.

އޮސްޓްރޭލިއާގެ އެންމެ ބޮޑު ސިޓީ، ސިޑްނީގައި ހަރުކަށި ފިޔަވަޅުތަކާއެކު ދެ ހަފްތާގެ ލޮކްޑައުނެއް ހިންގުމަށް ހަމަޖެހިފައިވާކަމަށް އޮސްޓްރޭލިއާ ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. ސިޑްނީގައި އިއުލާނުކުރެވުނު ލޮކްޑައުނާއެކު ސިޑްނީ ވަށައިގެންވާ ސަރަހައްދުން ބްލޫ މައުންޓެއިންސްއާއި، ސެންޓްރަލް ކޯސްޓާއި، ވޮލޮންގޮންގް ގައިވެސް ލޮކްޑައުނާއެކު އެޅުނު ފިޔަވަޅުތައް ތަންފީޒު ކުރުމަށް ވަނީޫ ހަމަޖެހިފައެވެ.

ސިޑްނީގައި 5 މިލިޔަން މީހުންގެ އާބާދީއެއް އޮންނައިރު، މިއަދު ސިޑްނީގެ މަގުތައްވަނި އެކިއެކީހެން ފަޅުވެފައެވެ. ސިޑްނިގައި އެންމެފަހުން މި ފެނުނު ކޮވިޑް-19 އިންފެކްޝަން ފެނިފައިވަނީ އިންޓަނޭޝަނަލް ފްލައިޓް ކްރޫއެއްގެ ފަރާތުންކަމަށް އެގައުމުގެ ކަމާބެހޭފަރާތްތަކުން ހާމަކޮށްފައިވެއެވެ. އެއަރޕޯތުން އޭނާ މިހާރު ކުއެރެންޓިނަށް ހޮޓަލަކަށް ބަދަލުކުރެވިފައިވާއިރު، މި ކޭހާއި ގުޅިގެން 80 އަށް ވުރެ ގިނަ ކޮވިޑް-19 އަށް ޕޮޒިޓިވް ކޭސްތައް ވަނީ މިހާތަނަށް ފެނިފައެވެ.

ސިޑްނީގައި މިފަހަރުގެ ކޮވިޑް-19 ބަލިމަޑުކަނމް ފެތުރެނމް ފެށުމާއި ގުޅިގެން އެޅުނު ފިޔަވަޅުތައް އެންމެ ފުރަތަމަ އެޅިފައިވަނީ ސިޑްނީގެ ވިޔަފާރީ ޑިސްޓްރިކްޓަށާއި އިންވެގެން އޮންނަ އިރުމަތި ފަރާތު ސަބާބްތަކަށެވެ. އެހެންނަމަވެސް ކޮވިޑް ކޭސްތައް ހަލުވިކަމާއެކު އެކި ސަރަހައްދުތަކަށް ފެތުރެން ފެށުމާއި ގުޅިގެން ސަރުކާރަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ވަނީ މަޖުބޫރުވެފައެވެ.

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރައްޔިތުންނަށްވެސް ދިރިއުޅުމގައި ބޮޑެތި ދަތިތަކާއި އުންދަގޫތަކާއި ކުރިމަތިލާން ޖެހިފައި އޮއްވާ އިތުރަށް ދަތިވެދާނެ ފަދަ ފިޔަވަޅުތަކެއް އަޅަން ބޭނުންނުވާކަމަށް ނިއު ސައުތް ވޭލްސްގެ ޕްރިމިޔަރ ގްލޭދީސް ބެރެޖިކްލިއަން ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދުގެ ހާލަތުގައި ހާލަތު ގޯސްވިޔަނުދީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހަކލުވިކަމާއެކު ފެތުރެމުން އަންނަ ޑެލްޓާ ވޭރިއަންޓް އިތުރަށް ފެތުރުނަނުދިނުމަށްޓަކައި މިވަގުތު ހަރުކަށި ފިޔަވަޅުވެސް އަޅަންޖެހޭކަމަށެވެ.

ހަކުވިކަމާއެކު ފެތުރޭ ޑެލްޓާ ވޭރިއަންޓަ ފަދަ ވައިރަސްއަކާ ކުރިމަތިލާއިރު، 3 ދުވަހުގެ ލޮކްޑައުނަކުން ނުވާނެ. ޑެލްޓާ ވޭރިއަންޓް ފެތުރުން ހުއްޓުވަންޏާ ރަގަޅަށް މަސައްކަތް ކުރަންޖެހޭ.

އެހެންނަމަވެސް ފިޔަވަޅުތަކާއެކުވެސް ޑެލްޓާ ވޭރިއަންޓަކީ އެހެން ވޭރިއަންޓްތަކާ ހިލާފަށް ދެގުނަ އަވަހަށް ފެތުރޭ ވޭރިއަންޓަކަށް ވަމުން އަންނަ އޮތް ދުވަސްތަކުގައި އިތުރު ގިނަ ކޭސް ތަކެއް ފެންނާނެ ކަމަށް ތައްޔާރުވަންޖޭހޭކަމަށް ވަނި ވިދާޅުވެފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިއްހީ މާހިރުން އަންނަނީ ޑެލްޓާ ވޭރިއަންޓް ފެތުރެމުން އަންނަ ހަލުވިކަމާ ގުޅިގެން ކަންބޯޑުވުން ފާޅުކުރަމުންނެވެ. ސިޑްނީގައި އެޅިފައިވާ ފިޔަވަޅުތަކާއެކު ލޮކްޑައުންގެ ކުރިން މިދިޔަ ހޯމަ ދުވަހުން ފޭސިުގެން ސިޑްނީއަށް އެތެރެވެފައިވާ ކޮންމެ މީހަކުވެސް 14 ދުވަހަށް ކަރަންޓީނުވުމަށް އޮސްޓެރޭލިއާގެ ހެލްތު މިނިސްޓްރީއިން ވަނީ އަންގާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *