މަރާލާފައި އޮއްވާ ފެނުނު ކުއްޖާ ފޮއްޓަކަށްލާ އެއްލާލާފައި އޮތް ސަރަހައްދު -- ފޮޓޯ: މުހައްމަދު ފަޒީން / ޖަޒީރާ

މަރާލައިފައި އޮއްވާ ފެނުނު 13 އަހަރުގެ ކުޑަކުއްޖާގެ މައްސަލާގައި ދައުލަތުގެ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށް، ބައްދަލުވުން ސިއްރުކޮށްފި އެވެ.

ދައުލަތުގެ އިދާރާތައް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކޮށްކޮށްފައިވަނީ މިއަދު ހަވީރު 4:00 އަށެވެ.

ކޮމެޓީ ފައްޓަވައި، ކޮމެޓީ ކުރިއަށްގެންދިއުމުގެކުރިން ކޮމެޓީގެ މުޤައްރިރު ޖީހާން މަހުމޫދު ވަނީ ސިއްރު ބައްދަލުވުމެއްގެ ގޮތުގައި ކުރިއަށްގެންދަން ބޭނުންތޯ ޖެންޑަރ އަދި ފުލުހުންނާއި ސުވާލުކޮށްފަ އެވެ. ޖީހާންގެ ސުވާލަށް ދެ މުއައްސަސާއިވެސް އެދުނީ ކޮމެޓީ ސިއްރުކުރުމަށެވެ. އެއީ ކުއްޖާގެ ބައެއް މައުލޫމާތުތައް އާންމުވުމަކީ އެންމެ މަސްލަހަތު ހުރިގޮތްކަމަށް ނުވެ، އެ ކުއްޖާއާއި ކުއްޖާގެ އާއިލާގެ ރައްކާތެރިކަމަށެވެ.

ހުޅުމާލެއިން ހޯމަ ދުވަހުގެ މެންދަމު އެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ، ކުއްޖާ ހޯދުުުމުގެ މަސައްކަތް ކުރަމުން ދަނިކޮށްށެވެ. އެގޮތުން 13 އަހަރުގެ ކުއްޖަކު ރަހީނުކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް އާދިއްތަ ދުވަހު ހުށަހެޅުމުން، އެ ކުއްޖާ ހޯދުމަށް ކުރަމުންދިޔަ މަސައްކަތުގެ ތެރެއިން ކަމަށް ފުލުހުން ބުނެއެވެ.

އެކުއްޖާގެ ހަށިގަނޑު ފެނުނީ މަރާލުމަށްފަހު ފޮއްޓެއްގެ ތެރެއަށްލާފައި އޮއްވައެވެ. އެ ފޮށި އެއްލާލާފައި އޮއްވައި ފެނުނީ ހުޅުމާލޭ ފޭސް 2 ގެ ބީޗް ސަރަހައްދު މޫދުންނެވެ. މިހާރު ވަނީ ކުއްޖާގެ ހަށިގަނޑުގެ ޕޯސްޓްމޯޓެމްއެއް ހަދަން ނިންމާފައެވެ.

އެ މައްސަލަ އާއި ގުޅިގެން މިހާތަނަށް ދެ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެއީ 17 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން، 27 އަހަރުގެ ފިރިހެނަކު އެވެ.

1
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *