ހަތަރު އަހަރުގެ ފިރިހެން ކުއްޖަކު ގެނބިގެން މަރުވެއްޖެއެވެ. މި ހިތާމަވެރި ހާދިސާ މިއަދު ހިނގާފައިވަނީ އދ. ފެންފުށީގައެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި އެ ކުއްޖާ ގެއްލިގެން ފުލުހުންނަށް މިއަދު ހަވީރު ރިޕޯޓް ކުރުމާއެކު ކުއްޖާ ހޯދަމުން ދަނިކޮށް މޫދުގައި އޮތްވައި ފެނުނު ކަމަށެވެ.
އެ ކުއްޖ ފެންފުށީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ.
މިކަން ހިނގައިދިޔަ ގޮތް ފުލުހުން ދަނީ ބަލަމުންނެވެ.