ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމެޓީ) އިން ކުރިއަށްގެންދާ ސެކިއުރިޓީ ފެއިލްގޮތުގެ އިންކުއަރީއަށް އެމަނިކުފާނަށް ފަރުވާދިން އޭޑީކޭ ހޮސްޕިޓަަލުގެ ޑޮކްޓަރުން ހާޒިރުކޮށްފި އެވެ.
އޭޑީކޭގޭ ޑޮކްޓަރުން ހާޒިރުކޮށްފައިވަނީ މިއަދު ބޭއްވި ކޮމެޓީގެ ބައްދަލުވުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވިގޮތް ހޯދުމަށް 241 ކޮމިޓީން ކުރިއަށް ގެންދާ ޕާލަމެންޓަރީ އިންކުއައިރީގައި އޭޑީކޭގެ ޑޮކްޓަރުންގެ ޓީމްއާ ސުވާލުކުރުން pic.twitter.com/7VgJadwxXg
— People's Majlis (@mvpeoplesmajlis) June 26, 2021
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމެޓީން ހިންގަމުންދާ ޕާލިމަންޓަރީ އިންކުއަރީއާ ގުޅޭ ގޮތުން އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި އެ ކޮމެޓީގެ މުގައްރިރު މުހައްމަދު އަސްލަމް ވިދާޅުވީ ރައީސް ނަޝީދަށް ފަރުވާދިން ޑޮކްޓަރުންގެ ޓީމާ ބައްދަލުކުރަން ނިންމީ ތަހްގީގު ރިޕޯޓަށް ބޭނުންވާ މައުލޫމާތު ހޯދުމަށެވެ. އެކަމު އެ ޓީމް ކޮމެޓީއަށް ހާޒިރުކުރަނީ އެއްވެސް ކަމެއްގައި ތުހްމަތެއް ކުރެވިގެން ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.
ކޮމެޓީގެ ރިޕޯޓްގައި ކަން ހިނގާދިޔަ ގޮތުގެ ތަފްސީލްގައި އަޅުގަނޑުމެން ބޭނުންވީ ނޫސްތަކުން ލިބުނު މައުލޫމާތައްވުރެ ބޮޑަށް ސްޕެސިފިކްކޮށް، ހަމަލާއަށްފަހު ރައީސް ނަޝީދަށް ފަރުވާ ދެއްވި ޑޮކްޓަރުންނާއި ހޮސްޕިޓަލްގެ ފަރާތުން މައުލޫމާތު. އެހެންވެ އެ ފަރާތްތަކަށް ދެންނެވީ. އެއީ އިންކްއަރީގެ ކަމެއް ތުހްމަތު ވެގެން ނޫން. އަދި ގޯހުން ކަމެއް ގޮސްގެނެއްވެސް ނޫން.
އަސްލަމް ވަނީ އޭޑީކޭގެ ޑޮކްޓަރުންގެ ޓީމަށް މި ނޫސްވެރިންވެރިންގެ ބައްދަލުވުގައިވެސް ތައުރީފުކުރައްވާފަ އެވެ.