ރައްޔިތުންގެ މަިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމެޓީ (241 ކޮމެޓީ) އިން ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އިލިޔާސް ލަބީބް އިސްތިއުފާ ދެއްވައިފި އެވެ.

ކޮމެޓީން އިސްތިއުފާ ދެއްވައި، އިލިޔާސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮމެޓީން ކުރިއަށްގެންދާ ތަހުޤީޤަށް ހާޒިރުވެ، ބަޔާން ދެއްވާފައިވާކަމަށެވެ. އެއީ ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީ ބްރީޗްވިގޮތާއި ގުޅޭގޮތުން ކުރިއަށްގެންދާ އިންކުއަރީ އެވެ.

241 ކޮމެޓީއަށް އިލްޔާސް ހާޒިރުވެ، ބަޔާން ދެއްވިއިރު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާއެއް ދޭން އުޅޭކަމުގެ މައުލޫމާތު މިނިސްޓަރ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއާ ހިއްސާކުރައްވާފައިވާ ކަމަށް އިލިޔާސް ވަނީ ވިދާޅުވެފަ އެވެ. އަދި އެކަން ކުރެއްވީ ރައީސް ނަޝީދުގެ އިރުޝާދަށް ކަމަށް އިލްޔާސް ވިދާޅުވި އެވެ.

ބަޔާނެއް މެދުވެރިކޮށް މީގެކުރިން އިލިޔާސް ވިދާޅުވީ ޑިފެންސް މިނިސްޓްރީއާ އެ މައުލޫމާތު ހިއްސާ ކުރުމުން އެ އިދާރާއިން އެ މައުލޫމާތު ދިވެހި ފުލުުހުންގެ ހިދުމަތާއި އަދި ސީޕީ މުހައްމަދު ހަމީދުއާ ހިއްސާކުރުމަށް އަންގާފައިނުވާ ކަމަށެވެ. މި މައްސަލައިގެ ތަހުގީގަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ހަމަލާއެއް ރާވާކަމުގެ މައުލޫމާތު ނަޝީދާއި މާރިޔާއާ ހިއްސާކުރިން"

މިނިސްޓަރު މާރިޔާވެސް ވަނީ 241 އަށް ހަޒިރުކޮށް ސުވާލުކޮށްފަ އެވެ.

އެންމެފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާރިޔާއާއި ސުވާލުކުރެވުނު ކަންތައްތަކާއި ގުޅޭގޮތުން ސުވާލުކުރުމުން ކޮމެޓީގެ މުޤައްރިރު ވަނީ އެއްޗެއް ވިދާޅުވާ ދެކޮޅު ހައްދަވާފަ އެވެ.

241 ކޮމިޓީގެ އިންކުއަރީއަށް މިނިސްޓަރ މާރިޔާ ހާޒިރުކޮށްފި

ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ކުރުނބާގައި އޮތް ބައްދަލުވުމަކަށް ވަޑައިގަންނަވަން، ގެއިން ނިކުމެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.