ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓްރީއާއި، ދިވެހިރާއްޖޭގެ ޑިޕްލޮމެޓިކް މިޝަންތަކުގެ އިސް މަގާމުތަކުގައި މިންތީގެ ހަމަހަމަކަން ގާއިމްކުރެއްވުމާ ގުޅިގެން އެމެރިކާއިން، ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުއަށް މަރުޙަބާ ކިޔައިފިއެވެ.

އެމެރިކާގެ ޔޫ.އެސް. އެޖެންސީ ފޮރ އިންޓަނޭޝަނަލް އެއިޑްގެ ވެރިޔާ ސަމަންތާ ޕަވަރ އާއެކު ބުރާސްފަތި ދުވަހު ހަވީރު މިނިސްޓަރ ޝާޙިދު ބޭއްވެވި ވަރޗުއަލް ބައްދަލުވުމުގައި އެކަމަނާ ވަނީ އދގެ އާއްމު މަޖިލީހުގެ ރިޔާސަތަށް ދިވެހިރާއްޖެ ހޮވިފައިވާތީ އެކަމަށްވެސް މަރުޙަބާ ވިދާޅުވެފައެވެ.

މި ބައްދަލުވުމުގައި މޫސުމީ ބަދަލުތަކާ އަދި ދިވެހިންނަށް ތައުލީމުގެ އިތުރު ފުރުސަތުތައް ހޯދައިދިނުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން ކޮވިޑް-19ގެ ހާލަތުގައި ދިވެހިރާއްޖެއަށް އެމެރިކާއިން ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ވަކިން ޚާއްސަކޮށް އެމެރިކާއިން އެންމެ ފުރަތަމަ ވެކްސިން ފޯރުކޮށްދޭ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭތީ އެކަމަށް މިނިސްޓަރ ޝާޙިދު ޝުކުރު އަދާކުރެއްވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.