ރައްޔިތުންގެ މަޖިލީހުގައި ނުނިމިހުރި މުހިންމު މަސައްކަތްތައް ނިންމާލުމަށްޓަކައި ތިންވަނަ ދައުރު ދިގު ދަންމާލުމަށް ނިންމައި އެކަމާ ގުޅޭގޮތުން މިއަދު ވޯޓަށް އަހާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. 

މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓާއި ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުން ފަދަ މުހިންމު މަސައްކަތްތައް ނިންމާލުމަށްޓަކައި ދައުރު ދިގު ދަންމަން އެމަނިކުފާނަށް ފެންނަކަމަށެވެ. އެގޮތުން، މި ދައުރު ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހަށް ދިގު ދަންމާލުމަށް މިއަދު ވޯޓަށް އައްސަވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު ބުނާގޮތުން ތިން ވަނަ ދައުރު ހިނގަނީ އޮގަަސްޓް މަހުގެ 1 ވަނަ ދުވަހުން ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އާދީއްތަ ދުވަހަކީ އާންމުކޮށް ޖަލްސާ ބާއްވާ ދުވަހަކަށް ނުވިނަމަވެސް، ދައުލަތުގެ ބަޖެޓާއި ގުޅޭ ގޮތުން ބަހުސްކުރުމަށް މިއަދު ޖަލްސާއެއްވެސް އެޖެންޑާކޮށްފައިވެއެވެ.

މީގެ އިތުރުން، މިއަދުގެ ޖަލްސާގައި އިންތިގާލީ އިންސާފުގެ ބިލާއި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ދިރާސާކޮށް ކޮމިޓީ އިން އެކުލަވާލާފައިވާ ރިޕޯޓުތަކަށް ބަހުސްކުރަންވެސް ވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.