ނ.ހެނބަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިމިއްޖެކަމަށް އެ މަސައްކަތް ކުރަމުންދާ މޯލްޑިވެސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ. އެމްޓީސީސީއިން ބުނެފައިވާ ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިިންމާލެވިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން 44،615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 203 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 259 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި، 173 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހުން ހިމެނެއެވެ. މީގެއިތުރުން، 25 މީޓަރުގެ ސަރަހައްދެއްގައި ގްރޯންސް ޖެހުމާއި، 203 މީޓަރުގެ ސަރަހައްދެއްގައި ރޮކް އޭޕްރަން ހަރުކުރުމާއި 1،015 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެއެވެ.

މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއުއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 24 ސެޕްޓެމްބަރު 2019ގައެވެ. މި މަޝްރޫއަށް 30.3 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.