-- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

ފާއިތުވި 24 ގަޑިއިރުތެރޭގައި ކޮވިޑަށް 266 މީހަކު ޕޮޒިޓިވްވެއްޖެއެވެ.

ހެލްތުޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާއިތުވި 24 ގަޑިއިރުތެރޭގައި 5,264 ސާމްޕަލް ނަގާފައިވެ އެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.

ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:

  • ގްރޭޓާ މާލެ ސަރަހައްދުން - 41 ކޭސް
  • އަތޮޅުތެރެއިން - 105 ކޭސް
  • ރިޒޯޓުތަކުން - 8 ކޭސް
  • ތަރައްގީ ކުރެވެމުން އަންނަ ރަށްތަކުން - 112 ކޭސް

ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 4،295 އަށް ދައްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 31 އަށް އަރާފައެވެ.

މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 72,944 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 68،429 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި 208 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.

ކޭސްތައް މަދުވަމުން އައުމާއެކު ކޮވިޑް-19 ކޮންޓްރޯލުކުރުމަށް އެޅިފައިވާ އެކިއެކި ފިޔަވަޅުތަކަށްވެސް އަންނަނީ ލުއި ދެމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.