ހއ. ހޯރަފުށީގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލުމާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މީޑިއާތަކާއި ހިއްސާކޮށްފައިވާ ގޮތުގައި މި މަހުގެ 24 ވަނަ ދުވަހު ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލުމުގެ ރިޕޯޓް ލިބުމާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަނީ 43 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ އެ ދުވަހު މެންދުރު 14:15 ހާއިރުއެވެ.
މި މައްސަލަގައި ހައްޔަރު ކުރި މީހާގެ ބަންދަށް މިއަދު ކޯޓުން 15 ދުވަސް ޖަހާދީފައިވާ ކަމަށްވެސް ޕޮލިހުން ބުނެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން ދާތީ މިވަގުތު އިތުރު މައުލޫމާތެއް ޕޮލިހުން ހާމަކޮށްފައެއް ނުވެއެވެ.