ހަރުކަށި ފިކުރުގެ ބަޔަކު ރާއްޖޭގައި ދޭން އުޅުނު ހަމަލާއާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ. މި މައްސަލައާ ގުޅިގެން ހަތް މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 20 އަހަރުގެ މީހަކާއި 21 އަހަރުގެ މީހަކާއި 29 އަހަރުގެ މީހަކާއި 18 އަހަރުގެ މީހެއްގެ އިތުރުން 34 އަހަރުގެ މީހެެއްގެ އިތުރުން 31 އަހަރުގެ މީހަކާއި އަދި 28 އަހަރުގެ ދިވެހި ފިރިހެނެއްގެ އިތުރުން 34 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އިއްޔެ ހައްޔަރުކުރި ދެ މީހުންގެ ބަންދަށް ވަނީ 7 ދުވަސް ޖަހާފައެވެ. 

ފުލުހުން މި އޮޕަރޭޝަން ހިންގީ މާލެ އާއި މާލެ އަތޮޅު ކަނޑުމަތީ ގައި، އަދި ތ. ތިމަރަފުށީގައެވެ. މި އޮޕަރޭޝަންގައި މާލެ އިން މީހަކު، ކަނޑުމަތީ އޮތް ދޯންޏަކުން ތިން މީހަކު އަދި ތިމަރަފުށިން މީހަކު ހައްޔަރުކުރިއެވެ. އަދި ފަހުން މީހުން ހައްޔަރުކޮށްފައިވަނީ ވެސް ތިމަރަފުށިންނެވެ.  

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.