އޮސްޓްރޭލިއާގެ ޓްރޭޑް މިނިސްޓަރު ވަނީ އެގައުމާއި ދެކޮޅަށް ހުށަހެޅި މައްސަލަ ދިފާއު ކުރައްވާނެ ކަމަށް ވިދާޅުވެފައި | ފޮޓޯ: ގެޓީ އިމޭޖަސް

ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އަށް ޗައިނާގެ ފަރާތުން އޮސްޓްރޭލިއާ އާ ދެކޮޅަށް ހުށަހެޅި މައްސަލައަށް އެގައުމުން ދެކޮޅު ހަދައިފިއެވެ.

ބުރާސްފަތި ދުވަހު ޗައިނާއިން ވަނީ އެގައުމުން އޮސްޓްރޭލިއާ އަށް އެކްސްޕޯޓް ކުރާ ދަގަނޑުގެ ބާވަތްތަކުން އޮސްޓްރޭލިއާއިން ނަގާ ޓެރިފް ތަކާއި ދެކޮޅަށް ޑަބްލިއުޓީއޯއަށް މައްސަލަ ހުށަހަޅާފައެވެ. އޮސްޓްރޭލިއާއިން މި ޓެރިފްތައް ނަގަނީ ޗައިނާގައި ލިބެން ހުންނަ އަގަށްވުރެ ހެޔޮކޮށް މި ބާވަތުގެ މުދާ ޗައިނާއިން އިމްޕޯޓްކޮށް އެގައުމުގައި ވިއްކަމުންދާތީ އެގައުމުގެ ވިޔަފާރިތައް ހިމާޔަތްކުރުމުގެ ގޮތުންނެވެ.

މި މައްސަލަ ނިމުމަކާއި ހަމަޔަށް އައުމަށް ދެ އަހަރާއި ހަތަރު އަހަރުގެ މުއްދަތެއް ނަގާނެ ކަމަށް ބެލެވޭއިރު އޮސްޓްރޭލިއާގެ ފިނޭންސް މިނިސްޓަރ ސައިމަން ބާމިންގްހަމް ވަނީ އެގައުމުގެ ސަރުކާރުން މި މައްސަލާގައި ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ޗައިނާއިން މައްސަލަ ހުށަހެޅީ މައްސަލަ ސާބިތު ނުކުރެވޭނެ ކަމަށް ވެސް ހާމަކުރައްވާފައިވެއެވެ.

އޮސްޓްރޭލިއާގެ ޓްރޭޑް މިނިސްޓަރ މިކަމާއި ގުޅޭގޮތުން ވިދާޅުވީ މިފަދަ ފިޔަވަޅުތައް ޗައިނާއިން އެތެރެކުރާ މުދަލާއި ދެކޮޅަށް އަޅާފައިވަނީ އޮސްޓްރޭލިއާގެ ދަގަނޑުގެ ބާވަތްތައް އުފައްދާ އިންޑަސްޓްރީގެ ތަފްސީލީ މައުލޫމާތު އެއްކުރުމަށްފަހު އެކަމުގެ ހޯދުންތަކަށް ބިނާކޮށް ކަމަށެވެ.

މި މައްސަލައިގެ ހައްލު ހޯދުމަށް އޮސްޓްރޭލިއާއިން ބޭނުންވަނީ މަޝްވަރާކޮށްގެންނެވެ. އެގޮތުން އެއްބަސްނުވެވޭ ކަންކަން ހުރި ކަމުގައިވީ ނަމަވެސް އަބަދުވެސް ވާހަކަ ދައްކަން ތައްޔާރަށް އޮތް ކަމަށް އެ ގައުމުން ވަނީ ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *