ކަރަންޓީނު އެންގުމާއި ހިލާފުވި ދޯންޏެއްގެ 15 ފަޅުވެރިއަކު ހައްޔަރުކޮށްފިއެވެ.
ދ.ކުޑަހުވަދޫ "ދިރުން 2" ނަމަކަށް ކިޔާ ދޯންޏެއްގެ ހުރިހާ ފަޅުވެރިން ކަރަންޓީނުވާން އަންގާފައިވަނިކޮށް ރަސްމީ އިދާރާތަކުން ނަގަންޖެހޭ އެއްވެސް ހުއްދައެއް ނެގުމަކާ ނުލައި ފުރައިގެން ދިޔަ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ އިއްޔެއެވެ.
މިކަމާ ގުޅިގެން އެ ދޯނީގެ 15 ފަޅުވެރިއަކު ކޯޓު އަމުރެއްގެ ދަށުން ރޭ ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ދެ ހަފްތާގެ މުއްދަތަކަށް ބަންދުކުރުމަށް ކޯޓުންވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.