މުސާރަ ކުޑަކުރުމަށް ބާސެލޯނާގެ ކުޅުންތެރިން އެއްބަސްވެއްޖެއެވެ. ކޮވިޑް 19 އާ ގުޅިގެން މާލީ ދަތިތަކާއި ހުރިހާ ޓީމުތަކަކުން ވެސް ކުރިމަތިލާން ޖެހިފައިވާއިރު އޭގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ޓީމަކީ ބާސާއެވެ. 

މުސާރަ ކުޑަކުރުމަށް ކުޅުންތެރިންނާއެކު ކުރި މަޝްވަރާތައް ކާމިޔާބުވެފައިވާއިރު މިކަމުގެ ސަބަބުން އެ ކްލަބަށް 122 މިލިއަން ޔޫރޯ ސަލާމަތްވާނެއެވެ. އަދި އެކިއެކި ވެރިއަބަލް ޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހޭ 50 މިލިއަން ޔޫރޯ ވެސް ތިން އަހަރަށް ފަސްކުރުމަށް ވަނީ އެއްބަސްވެފައެވެ. 

ބާސާގެ އެންމެފަހުގެ މާލީ ހިސާބުތަކަށް ބަލާއިރު އެ ކްލަބްގެ ދަރަނި ވަނީ 488 މިލިއަން ޔޫރޯއަށް އިތުރުވެފައެވެ. އެ ކްލަބުން ބުނީ މި އެއްބަސްވުމާއެކު މިހާރު ކުރިމަތިވެފައިވާ މާލީ ގޮންޖެހުންތަކުން އަރައިގަތުމަށް ފަސޭހަވެގެންދާނެ ކަމަށެވެ. 

މިދިޔަ މާޗް މަހުގެ ތެރޭގައި ބާސާއިން ވަނީ ކޮވިޑާއި ގުޅިގެން ކުޅުންތެރިންގެ މުސާރަ 70 އިންސައްތަ ކުޑަކުރުމަށް އެއްބަސްވެވިފައިވާ ކަމަށް ވެސް ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.