ރާއްޖޭގެ ރިސޯޓެއް -- ފޮޓޯ: ޓުވިޓަރ

ފަތުރުވެރިކަން ތަރައްޤީކުރުމަށް ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅުއްވާފައިވާ 7 ރަށަކަށް 13 ބީލަން ހުށައަޅައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ވަނީ ބީލަމުގެ އުސޫލުން ކުއްޔަށް ދޫކުރުމަށް 16 ރަށެއް ކަނޑައަޅާފައެވެ.

ރިސޯޓުގެ ގޮތުގައި ތަރައްޤީކުރުމަށް ހުޅުވާލި ރަށްތައް:
 1. ހއ. ވެލިފިނޮޅު
 2. ހއ. އަލިދުއްފަރުފިނޮޅު
 3. ހދ. ކުޑަފަރުފަސްގަނޑު
 4. މ. ސީދީހުރާ އަދި ސީދީހުރާ ވެލިގަނޑު (ސީދީހުރާއާއި އެކު)
 5. މ. މާއުސްފުށި
 6. ތ. ކާއްޑޫ
 7. ތ. ކަނިމީދޫ (އުތުރު ފަރާތުން) 10 ހެކްޓަރުގެ ބިން
 8. ތ. އޮޅުފުށި (އޮޅުފުށިފިނޮޅާއި އެކު) އަދި ތ. އޮޅުފުށިފިނޮޅު
 9. ލ. ކަށިދޫ
 10. ލ. ބޮޑުމުންޏަފުށި
 11. ލ. ދޮންބެރަހާ (ހޮޅުރަހާ އާއެކު) އަދި ލ. ހޮޅުރަހާ
 12. ގއ. މާރެހާ
 13. ގއ. ފުނަދޫވިލިގިއްލާ
 14. ގދ. ކަނޑަހަލަގަލާ
 15. ގދ. ކަޑެވާރެހާ (ދިގުރެހާ އާއެކު) އަދި ގދ. ދިގުރެހާ
 16. ގދ. ފެރޭތަވިލިގިއްލާ (ކްލަސްޓަރއެއްގެ ގޮތުގައި) އަދި ދެކަނބާ (ފެރޭތަވިލިގިއްލާއާއި އެކު)، ކޮޑެރަޓާ (ފެރޭތަވިލިގިއްލާއާއި އެކު)، (ކޯޑިނޭޓްސްގައި ހިމެނޭ ރަށް)، (ފެރޭތަވިލިގިއްލާއާއި އެކު)

ޓޫރިޒަމް މިނިސްޓްރީން ބުނީ، އިއްޔެ ބީލަން ހުށައެޅުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ އިރު، 18 ބީލަން ފޮތް ގަނެފައިވާ ކަމަށާއި، 9 ފަރާތަކުން ތަފާތު 7 ރަށަކަށް 13 ބީލަން ހުށައަޅާފައިވާ ކަމަށެވެ. އަދި  ހުށައެޅިފައިވާ ޕްރޮޕޯޒަލްތަކުގެ ތެރެއިން އެންމެ މަތިން ހުށައަޅާފައިވާ ލޯޒް އެކުއިޒަން ކޮސްޓްގެ ފަރަގު މިނިމަމް ލީޒް އެކުއިޒިޝަން ކޯސްޓްގެ 140 އިންސައްތައަށް ވުރެ އިތުރު ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.

"ޖަޒީރާ" އާ ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ މިހާރު ބީލަމަށް ހުޅުވާލާފައިވާ ރިސޯޓުތައް ނުހެދިއްޖެނަމަ، އެހެން ގޮތް ގޮތުންވެސް އެކަން ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި މިހާރު ބީލަމަށް ހުޅުވާލި ރަށްތައް ތަރައްގީ ކުރަން ޝައުގުވެރިވާ ފަރާތްތައް މަދުވަނީ ކޮވިޑް-19 އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.