ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ޖަރުމަނުވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ބުންޑެސްޓާގްގެ ރައީސް ވުއަލްފްގަންގް ޝުއައިބުލަ

ޖަރުމަނުވިލާތުގެ ގާނޫނުހަދާ މަޖިލީހުގެ ތިރިގެ ކަމަށްވާ ބުންޑެސްޓާގްގެ ރައީސް ވުއަލްފްގަންގް ޝުއައިބުލައާ, ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ބައްދަލު ކުރައްވައިފިއެވެ.

ޖަރުމަނުވިލާނުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި 2 ގައުމުގެ ދެމެދުގައި އޮތް ރަހްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ.

މީގެ އިތުރުން ޖަރުމަނުވިލާތުގެ އިންސްޓިޓިއުޓެއް ކަމަށްވާ މެކްސް ޕްލޭންކް ފައުންޑޭޝަން ފޯރ އިންޓަނެޝަނަލް ޕީސް އެންޑް ދަ ރޫލް އޮފް ލޯ އިން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށާއި، މަޖިލީހުގެ އިދާރާގެ މުވައްޒަފުންނަށް ފޯރުކޮށްދެއްވަމުން ގެންދަވާ ތަމްރީނު ޕްރޮގްރާމްތައް ފާހަގަ ކުރައްވާ، ރައީސް ނަޝީދު ވަނީ އެކަމަށް ޝުކުރު އަދާ ކުރައްވާފައެވެ.

ރައީސް ނަޝީދު ޖަރުމަނުވިލާތަށް ވަޑައިގެން ހުންނެވީ، މޭ 6 ގައި އެމަނިކުފާނަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.