ބުރާސްފަތި ދުވަހު 212 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަ ކޮށްފައިވާ މައުލޫމަތުތަކުން ދައްކާގޮތުން ބުދަ ދުވަހުގެ އިރުއޮއްސި 6:00 އިން ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00އާ ހަމައަށް ރާއްޖޭގައި 4959 ސާމްޕަލް ޓެސްޓުކޮށްފައި ވެއެވެ. އޭގެ ތެރެއިން 212 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ގިނައީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި މީހުންނެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:
- ގްރޭޓާ މާލެ ސަރަހައްދުން - 52 ކޭސް
- އަތޮޅުތެރެއިން - 157 ކޭސް
- ރިސޯޓުތަކުން - 02 ކޭސް
- އިންޑަސްޓްރިއަލް ރަށްތައް - 01 ކޭސް
✳️ COVID-19 : Case Updates pic.twitter.com/TwOOIlpnKl
— Health Protection Agency (@HPA_MV) June 24, 2021
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 4262 އަށް ދަށްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 38 އަށް ދަށްވެފައެވެ.
މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 72678 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 68197 މީހުން ބަލިން ރަނގަޅުވެފައި ވާއިރު، ބަލީގައި 207 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.