މި އަހަރުގެ ޓްރެވަލް އެވޯޑްސް އިން ރާއްޖެ އެވޯޑެއް ކާމިޔާބު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން ފާހަގަ ކުރައްވާ މަރުހަބާ ވިދާޅުވެއްޖެ އެވެ.

ވޯލްޑް ޓްރެވަލް އެވޯޑްސް އިން ރާއްޖެ ކާމިޔާބުކޮށްފައި ވަނީ ލީޑިން ޑެސްޓިނޭޝަންގެ އެވޯޑެވެ. 

އެކަން ފާހަގަ ކުރައްވާ ރައީސް ސޯލިހު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކޮވިޑް-19 އޮތް ކަމުގައިވީ ނަމަވެސް އެ އެވޯޑް ރާއްޖެއަށް ކާމިޔާބު ކުރެވުނީ ޓޫރިޒަމް އިންޑަސްޓްރީގެ ހުރިހާ ފަރާތްތަކުން ރާއްޖެއަކީ ރައްކާތެރި ތަނަކަށް ހެދުމާއި ފަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެކަމަށްޓަކައި ހުރިހާ ފަރާތްތަކަށް ޝުކުރު ދަންނަވާ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

ލީޑިން ޑެސްޓިނޭޝަން އެވޯޑް ރާއްޖެ ކާމިޔާބުކޮށްފައި ވަނީ ފަތުރުވެރިންގެ މެދުގައި މަގުބޫލު 22 މަންޒިލަކާ ވާދަކޮށްގެންނެވެ. އެގޮތުން އެވޯޑް ރާއްޖެ ކާމިޔާބުކޮށްފައިވާކަން އިއުލާންކޮށްފައި ވަނީ ރޭ ވާޗުއަލްކޮށް ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ހަފްލާގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.