ޓީ-ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވާތީ އެމްއެންޑީއެފުން ހަރަކާތްތެރިވަމުން އެބަ ދޭ -- ފޮޓޯ: އެމްއެންޑީއެފް

ޓީ-ޖެޓީގައި އަޅާފައި އޮތް ލޯންޗެއް ދިޔަވާތީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެމްއެމްޑީއެފުން ބުނީ، މާލެ ސިޓީ ޓީ-ޖެޓީގައި އަޅާފައި އޮތް "ލީޖަން-02" ލޯންޗު ދިޔަވާކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. މިހާދިސާގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަނުން އަދި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސަސް އިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބުނީ އިރުއޮއްސި 6:19 ހާއިރު ކަމަށެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ، ލޯންޗަށް ދިޔަވަމުން ދަނީ އިންޖީނު ކައިރިން ކަން ބެލި ބެލުމުން ދެނެގަނެވިފައިވާ ކަމަށެވެ. މިހާރު ލޯންޗު ފެނުން މައްޗަށް ނެގުމަށް ކްރޭންއެއް ހަމަޖެއްސުމަށް ލޯންޗުގެ ވެރިފަރާތުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.