ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ މަންމަ ނިޔާވެއްޖެއެވެ.
މައިމޫނާގެ މަންމަ ނިޔާވެފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. ނިޔާވެފައިވަނީ އަލާސްކަންފުޅާ ގިނަ ދުވަސްތަކެއްގައި އުޅުއްވުމަށްފަހުއެވެ.
ކޮވިޑްގެ ބަލިމަޑުކަމާއެކު މައިމޫނާ ގެންދަވަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަމުންނެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އެންމެ ބޮޑު ޒިންމާއެއް ހަވާލުވެފައި އޮންނަނީ ޑަައިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތަށެވެ.
ސިއްހީ ބަލިމަޑުކަމުގައި ބުރަކޮށް އުޅުއްވަމުން މަންމަގެ ސިއްހީ ހާލަތާ ގުޅިގެން އުފުއްލަވަމުން ގެންދެވި ތަކުލީފުތަކަށް މީގެކުރިން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިތްވަރު ވެސް ދެއްވާފައިވެއެވެ.