ކޮވިޑް-19 އާ ގުޅޭ ދޮގު މައުލޫމާތު ފަތުރާތީ އިންޑޮނޭޝިއާގެ ދީނީ އިލްމުވެރިޔެއް ކަމަށްވާ ރިޒީގް ޝިހާބް ހަތަރު އަހަރަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން ހުކުމްކޮށްފިއެވެ.

އޭނާ ހަތަރު އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ކޮވިޑް-19 ޖެހިފައި ހުރި ދަނޑިވަޅެއްގައި އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެ ވީޑިއޯއެއް އާންމު ކުރުމާއި ގުޅިގެންނެވެ. މި ވީޑިއޯ އޭނާ އާންމުކުރީ ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދަނިކޮށެވެ. އޭނާގެ މައްޗަށް ހަ އަހަރުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށް ޕްރޮސެކިއުޓަރުން އެދުނެވެ. އޭނާ އަކީ އިސްލާމިކް ޑިފެންޑަރސް ފްރޮންޓްގެ ރޫހާނީ ލީޑަރެވެ.

އޭނާގެ މައްޗަށް މި ހުކުމް ކުރުމުގެ ކުރިން މީގެކުރިން ވަނީ އަށް މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އިއްވާފައެވެ. އޭނާގެ މައްޗަށް މީގެކުރިން ހުކުމް ކުރީ ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ބޯނުލަނބައި ގިނަ އަދަދެއްގެ މީހުން އެއްކޮށްގެން ހަރަކާތްތައް ހިންގާފައިވާތީއެވެ. އެގޮތުން ރިޒީގްގެ އަންހެން ދަރިފުޅުގެ ކައިވެންޏަށް ވެސް އެތައް ހާސް މީހުން ދިޔައެވެ.

ކޯޓުގެ ނިންމުން ބަލައިނުގަންނަ ކަމަށާއި އަދި މައްސަލަ އިސްތިއުނާފް ކުރާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. މި ހުކުމް އިއްވި ވަގުތު ރިޒީގަށް ސަޕޯޓްކުރާ އެތައް ސަތޭކަ ބަޔަކު ކޯޓު ދޮށަށް އެއްވެ ނުރުހުން ފާޅުކޮށްފައިވެއެވެ. މިއީ އޭނާގެ އަޑު ކަނޑުވާލުމަށް ސިޔާސީ ގޮތުން ހިންގާ ދައުވާއެއް ކަމަށް އޭނާގެ ސަޕޯޓަރުން އަންނަނީ ބުނަމުންނެވެ.

މިދިޔަ ހޯމަ ދުވަހުގެ އިންޑޮނޭޝިއާއިން ކޮވިޑް ޖެހުނު މީހުންގެ އަދަދު ދެ މިލިއަން ފަހަނައަޅައި ދިޔައިރު ކޮވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އެގައުމުން ވަނީ އިތުރަށް ހަރުކަށިކޮށްފައެވެ. ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ބޮޑު އާބާދީ އޮންނަ އިންޑޮނޭޝިއާއިން މި ބަލީގައި މިހާތަނަށް 55،594 މީހުން ވަނީ މަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.