ވޯލްޑް ޓްރެވަލް އެވޯޑްސްއިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ، "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ރާއްޖެ އަށް ލިބިއްޖެއެވެ. މިއީ މި ޝަރަފުވެރި އެވޯޑް ރާއްޖެއިން ހޯދި ފުރަތަމަ ފަހަރެވެ. 

ޓޫރިޒަމް ދާއިރާގެ އެންމެ ޝަރަފުވެރި މި އެވޯޑްގެ މި އަހަރުގެ ހަފުލާ ރޭ ބޭއްވީ ވާޗުއަލްކޮށެވެ. އެވޯޑް ހަފުލާގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރި، އެންމެ ވާދަވެރި އެވޯޑް ކަމަށްވާ ވޯލްޑްސް ލީޑިން ޑެސްޓިނޭޝަންގެ އެވޯޑް ރާއްޖެއަށް ލިބުނީ ޖުމްލަ 22 ގައުމަކާ ވާދަކޮށެވެ. 

އޭގެ ތެރޭގައި ބޮޑެތި ގައުމުތައް ކަމަށްވާ އިންޑިއާ، އެމެރިކާ ހިމެނޭއިރު އަވަށްޓެރި މޮރީޝިއަސް އަދި ސްރީލަންކާގެ އިތުރުން ޔޫރަޕްގެ މަޝްހޫރު ގިނަ ގައުމުތައް ވެސް ވާދަކުރިއެވެ. 

ރާއްޖެއަށް މި ޝަރަދުވެރި އެވޯޑް ލިބުނުއިރު 30 ކެޓަގަރީއަކުން ރާއްޖޭގެ ރިސޯޓްތަކާއި ހޮޓާ ނޮމިނޭޓްވިއެވެ. އޭގެ ތެރެއިން ހަތް އެވޯޑެއް ލިބިފައިވެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.