ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރާ ބޫސްޓަރ ތަކުން ދެގުނަ އިތުރު ޑޭޓާ ދޭ ހާއްސަ އޮފަރ އެއް އެ ކުންފުނިން ތައާރަފު ކޮށްފިއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރާއި ކަމާ ބެހޭ އިދާރާތަކުން ރައްޔިތުން ގޭގައި ތިބުމަށް އަންގަވާފައިވާ މި ދަނޑިވަޅުގައި ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ހާއްސަ އޮފަރ ތަކެއް ވަނީ މިދިޔަ މޭ މަހުން ފެށިގެން ދޭން ފަށާފައެވެ.

ދިރާގުން ދޭ ހާއްސަ އޮފަރތަކުގެ ތެރޭގައި ދިރާގު ހިދުމަތްތަކުން އެކްޓިވޭޓް ކުރާ ބޫސްޓަރ ތަކުން 100 އިންސައްތަ އިތުރު ޑޭޓާ އެލަވަންސް ދޭން ނިންމާފައިވާ ކަމަށް އެ ކުންފުނިން ބުނެއެވެ. މި އޮފަރގެ ދަށުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރާ ކޮންމެ ބޫސްޓަރ އަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބޭނެއެވެ.

މީގެ އިތުރުން ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" އަދި ދިރާގު ޑޭޓާ ސިމް އިން އެކްޓިވޭޓް ކުރާ ބޫސްޓަރތަކުން ވެސް 100 އިންސައްތަ އިތުރު ޑޭޓާ އެލަވަންސް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ. އެ ކުންފުނިން ބުނީ ކަސްޓަމަރުން އެކްޓިވޭޓް ކުރާ ބޫސްޓަރ ތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ 30 ޖޫން 2021 ގެ ނިޔަލަށް ކަމަށެވެ.

ދިރާގުން އިތުރަށް ބުނީ އެ ކުންފުނިން އުންމީދު ކުރަނީ، މި އޮފަރެގ ދަށުން ދޭ ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށެވެ. އަދި ދިރާގުން މަސައްކަތް ކުރަނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދީ އެންމެ ފުރިހަމަ އަދި އިތުބާރު ހިފޭ ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދިނުމަށް ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.