އެސްޓީއޯއިން އެޖެންޓުން އައްޔަން ކުރުމުގެ ރައްމިޔާތުގެ ތެރެއިން -- ފޮޓޯ: އެސްޓީއޯ

އެސްޓީއޯ އިން ރާއްޖެ އެތެރެކޮށް ވިއްކަމުންދާ ކޮންސްޓްރަކްޝަން ސާމާނު ވިއްކުމަށް އެޖެންޓަކަށް ވުމުގެ ފުރުސަތު 22 ފަރާތަކަށް އެކުންފުނިން ދީފިއެވެ.

އެސްޓީއޯއިން އެޖެންޓުން ހޯދުމަށް ފުރުސަތު ހުޅުމާލާފައިވަނީ މިދިޔަ މާރޗް މަހުއެވެ. އެ ފުރުސަތުގައި މިކަަމަށް ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކަށް މިއަދު ވަނީ އެޖެންޓްކަން ހަވާލުކޮށްފައެވެ. އެގޮތުން، އެ ފުރުސަތުގައި  ޕްރޮޕޯސަލް ހުށަހެޅި ހުރިހާ ފަރާތްތައް އެޖެންޓުންގެ ގޮތުގައި މިހާރު އައްޔަނު ކޮށްފައިވާކަން އެސްޓީއޯއިން ފާހަގަ ކުރެއެވެ.

އެޖެންޓުން އައްޔަނުކުރާ މިމޮޑެލްއަކީ އިރާދަކުރެއްވިއްޔާ ވިޔަފާރީގައި އަޅުގަނޑުމެން މިހާތަނަށް ތަޖުރިބާކުރާ އެންމެ ކާމިޔާބު މޮޑެލްއަށް ވާނެ

އެޖެންޓުކަން ހަވާލުކުރަން ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯ އެނާޖީ އެންޑް ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ޖެނެރަލް މެނޭޖަރ މުހައްދު އީމާން ވިދާޅުވީ މިކަމުގެ ސަބަބުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ރަނގަޅު ނަފާއެއް ލިބުން މަގުފަހި ވެގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމަށް ބޭނުންވާ ސާމާނު އަތްފޯރާ އަގުތަކެއްގައި ހުސްނުވެ ލިބޭނެކަން ޔަގީންކުރެވޭނެ ކަން އޭނާ ވަނީ ފާހަގަކުރައްވައެވެ.

އެސްޓީއޯއިން އެޖެންޓުން އައްޔަން ކުރުމުގެ ރައްމިޔާތުގެ ތެރެއިން -- ފޮޓޯ: އެސްޓީއޯ

އެޖެންޓުން ހޯދުމަށް އެސްޓީއޯއިން މާރޗް މަހު ފުރުސަތު ހުޅުވާލީ ވަކިވަކި އަތޮޅުތަކަކަށް ކަމުގައިވީ ނަމަވެސް، އެ ކުންފުނިން ވަނީ އެޖެންޓަކަށްވުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލި އުސޫލުތަކައް ބަދަލުގެނެފައެވެ. އަދި ރާއްޖޭގެ ހުރިހާ ރަށެއްގައި އިމާރާތްކުރުމުގެ ސާމާނު ވިއްކަން ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަން އެ ކުންފުނިން ވަނީ ނިންމާފައެވެ. އެޖެންޓުން ހޮވުމުގައި ރަށްރަށުގައި ތިބި ވިޔަފާރިތަކަށް އިސްކަން ދޭއިރު ޖުލައި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ފޯމު ހުށަހެޅޭނެއެވެ. ފޯމް އެސްޓީއޯ ވެބްސައިޓް އިން ލިބެނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެޖެންޓުން މެދުވެރިކޮށް ކާޑުގެ ބާވަތްތައް ވިއްކުމަކީވެސް އެސްޓީއޯއިން ކުދި ވިޔަފާރިތަކަށް ހުޅުވާލި ދޮރަކަށްވާއިރު އެއީ ކާމިޔާބު މޮޑެލްއެއްކަން އެޖެންޓުން ވެސް ފާހަގަކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.