މެއި މަހުގެ 6 ވަނަ ދުވަހުގެރޭ ދެވުނު ޓެރަރިސްޓް ހަމަލާގައި ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ލަކުނުތައް ފޮޮރުވާ އޮޕަރޭޝަން ކުރައްވަން ރައީސް ނަޝީދު ބޭނުންފުޅުވެވަޑައިނުގެންނެވިކަމަށް ބޭބެފުޅު ޑރ. އިބްރާހިމް ނާޝިދު ވިދާޅުވެއްޖެ އެވެ.
ޑރ. އިބްރާހިމް ނާޝިދު ކުރެއްވި ޓުވީޓެއްގަިއ ވިދާޅުވީ ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތައް ވަރަށް އަވަހަށް ފަސޭހަވަމުން އަންނަ ކަމަށެވެ. އަދި ލިބިވަޑައިގެންނެވި ޒަހަމްތައް ފޮރުވާ އޮޕަރޭޝަން ކުރައްވަން ރައީސް ނަޝީދު ބޭނުންފުޅުވެވަޑައިނުގެންނެވިކަމަށް ވިދާޅުވެ ޑރ. ނާޝިދު ވަނީ ފޮޓޯއެއްވެސް ޓުވީޓުގައި ހިމަނުއްވާފަ އެވެ.
ޑރ. ނާޝިދު ވިދާޅުވީ އެ ފޮތޯ އާންމުކުރެއްވީ ރައީސް ނަޝީދުގެ އެދިަވަޑައިގެންނެވުމަކަށް ކަމަށެވެ.
My brother is healing well, he has decided against aesthetic surgeries, and wishes to make this public. I do so very reluctantly in the hope this adds to tell a story and spare others of such pain and trauma! pic.twitter.com/H70KJkUzHb
— Nashsat (@Nashsat) June 24, 2021
ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ އެމަނިކުފާނަށް އަމާޒުކޮށް ދިން ހަމަލާއާއި ގުޅިގެން ޖަރުމަނުގައި އަދިވެސް ފަރުވާ ހޯދަވަމުން ކަމަށެވެ. ޖަރުމަނަށް ވަޑައިގެންނެވިފަހުންވެސް ރައީސް ނަޝީދު ވަނީ ގިނަ އޮޕަރޭޝަންތަކެއް ކުރައްވާފަ އެވެ.
ޖަރުމަނުގައި ރައީސް ނަޝީދުގެ ފުރަތަމަ ސަރޖަރީ ކުރެއްވީ މިމަހުގެ 11 ވަނަ ދުވަހު އެވެ. އެއަށްފަހު މި މަހުގެ 17 ވަނަ ދުވަހު ދެ ވަނަ ސަރޖަރީއެއް ކުރެއްވި އެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައިވަނީ އެމަނިކުފާނު ކުރުނބާގައި އޮތް ބައްދަލުވުމަކަށް ވަޑައިގަންނަވަން، ގެއިން ނިކުމެ ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައިގެންނެވެ.
ޙޫކެއަސް؟