ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން އަނެއްކާވެސް އެދިއްޖެ އެވެ.

ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ފުލުހުން ކޯޓުގައި އެދުނީ އެ އޮފީހުން އެއަމުރަށް އެެދެން ހުށައެޅުމުން ކަމަށެވެ. އެހެންވެ މިދިޔަ އަންގާރަ ދުވަހު ފުލުހުން ވަނީ އަލީ ވަހީދުގެ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދިފައިކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޓޫރިޒަމް މިނިސްޓރީގެ މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހްމަތުކުރެވޭ މައްސަލައިގައި އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމަށް ފަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް ހުއްދަދީފައެވެ. ނަމަވެސް ކޯޓުން އޭނާއަށް ދިން މުއްދަތު ހަމަވުމަށްފަހު ވެސް އެނބުރި ރާއްޖެވަޑައިގެންފައިނުވެ އެވެ.

ކްރިމިނަލް ކޯޓުން އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލީ މިދިޔަ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު އެވެ.

އަލީ ވަހީދު ވަނީ ރާއްޖެއިން ބޭރަށް ދިއުމަށް ދިން މުއްދަތު އިތުރުކޮށްދޭން ކޯޓުގައި އެދިފައި އެވެ. އެހެން ނަމަވެސް އެ މުއްދަތު އިތުރުނުކޮށްދީ ކްރިމިނަލް ކޯޓުން ނިންމީ ރާއްޖެއިން ބޭރުގައި އޭނާ ހުންނަވަނިކޮށް އޮންލައިންކޮށް ޝަރީއަތް ކުރިއަށްގެންދާށެވެ. ނަމަވެސް ދަލަތުގެ ފަރާތުން ދައުވާކުރާ ޕްރޮަސެކިއުޓާ ޖެނަރަލް އެކަމާ އިންކާރުކުރައްވާ އެ ގޮތައް ޝަރީއަތް ނުގެންދެވޭނެ ކަމަށް ދަނީ ވިދާޅުވަމުންނެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓާއި ސުޕްރީމް ކޯޓަށް ހުށައެޅި އެވެ. ނަމަވެސް އެ ދެކޯޓުންވެސް އެ މައްސަލަ ބޭރުކޮށްލީ ރާއްޖެއިން ބޭރުގައި އަލީ ވަހީދު ހުރުމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.