ނ. ހެނބަދޫ ގޮނޑޮދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މިދިޔަ ހޯމަ ދުވަހު ފަށައިގެން ކުރިއަށްދާ ކަމަށެވެ. ހެނބަދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 25 މީޓަރުގެ ގްރޮއިންސް ޖެހުމާއި، 235 މީޓަރުގެ ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.
We have commenced the construction of revetment for N. Henbadhoo Shore Protection Project on 21st June 2021. The value of the project is MVR 5 million.#MTCCProjects pic.twitter.com/p4pGdBPxtR
— MTCC Plc (@MTCCPlc) June 24, 2021
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ޙަވާލުކުރި މި މަޝްރޫއަކީ 5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އަދި މި މަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ 100 ދުވަހުގެ ތެރޭގައެވެ.