"ކޯ ލިވިންގ" ހައުސިންގ ކޮންސެޕްޓަށް އެޕާޓްމެންޓް ހަދައިދޭނެ ފަރާތެއް ހޯދުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން އިއުލާންކޮށްފިއެވެ.

އެ ކޯޕަރޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި، މިއީ ހުުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްގީކުރުމަށް ނިންމާފައިވާ ހައުސިންގ ކޮންސެޕްޓެކެވެ. މި ކޮންސެޕްޓްގެ ދަށުން ތަރައްގީކުރުމަށް ހުޅުމާލޭ ލޮޓް N4-42 އިން 16،934.07 ސްކުއާ ފީޓުގެ ސަރަހައްދެއްވަނީ ހާއްސަކޮށްފައެވެ. 

އެޗްޑީސީއިން އިތުރަށް ބުނެފައިވާ ގޮތުގައި، ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުގެ 14:00އެވެ. ޕްރީ-ޕްރޮޕޯސަލް މީޓިންގ އެއް ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި މީޓިންގ ގައި ބައިވެރިވުމަށް 7 ޑިސެމްބަރުގެ 14:00 ގެ ކުރިން ރަޖިސްޓްރީވާންޖެހެއެވެ.

"ކޯ ލިވިންގ" ހައުސިންގ ކޮންސެޕްޓްއަކީ ދިވެހިރާއްޖޭގައި އަލަށް ތައާރަފްކުރާ މޮޑެލްއެކެވެ. މިއީ ވަޒީފާ އަދާކުރާ ނުވަތަ ތައުލީމު އުނގެނުމަށް މާލޭ ސަރަހައްދުގައި ވަޒަންވެރިވެގެން އުޅޭ މެދު ފަންތީގެ އާމްދަނީ ލިބޭ މީހުންނަށް ހާއްސަކޮށްގެން ހަދާ އެޕާޓްމެންޓްތަކެކެވެ.

މި ކޮންސެޕްޓްގެ ދަށުން އެކަކަށް ނުވަތަ ގިނަ މީހުންނަށް ދިރިއުޅެވޭނެ ގޮތަށްވެސް އެޕާޓްމެންޓްތައް ހެދުމަށްވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން ކުއްޔަށް ހަރަދުކުރަންޖެހޭ ބައި ދަށްވެގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.