5 މެޖިސްޓްރޭޓް ކޯޓަކަށް ޢައްޔަންކުރުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވާ 5 ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރައްވައިފިއެވެ. މި ބޭފުޅުން ހުވާ ކުރެއްވުމާއި ފަތްކޮޅު އެރުވުން އޮތީ ޖޭއެސްސީގައި އޮތް ހާއްސަ ރަސްމިއްޔާތެއްގައެވެ.

މިއަދު ފަނޑިޔާރުކަމުގެ ހުވާކުރެއްވި 5 ބޭފުޅުންނަކީ:

ހދ.ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، ހދ. ކުޅުދުއްފުށީ ނޫރަންގެ، އަލްއުސްތާޛު މުޙައްމަދު އިސްމާޢީލް.

ށ. ފުނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، މާލެ، ގ. ނޫމަރާވިލާ، އަލްއުސްތާޛާ ޝީރީން ނާހިދާ ލަޠީފް .

ނ.މަނަދޫ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓްކަމަށް، ށ. މަގޫދޫ، ހަވީރީނާޒު، އަލްއުސްތާޛު އާދަމް ސަލީމް.

ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް، ގއ. ގެމަނަފުށީ، އެތުމާގެ، އަލްއުސްތާޛު އަޙްމަދު އާދަމް.

ރ.މަޑުއްވަރީ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް، ކޮޅުމަޑުލު މަޑިފުށި، ސިގްނަލްގެ، އަލްއުސްތާޛު އަކްރަމް ރަފީޢު.

ސ.ފޭދޫ މެޖިސްޓްރޭޓްކޯޓުގެ އިސްމެޖިސްޓްރޭޓްކަމަށް، ސ. މަރަދޫފޭދޫ މެރީވިލާ، އަލްއުސްތާޛު މުޙައްމަދު ޢަފީފް .

މެޖިސްޓްރޯޓް ކޯޓްތަކުގެ އިތުރުން ކްރިމިނަލް ކޯޓާއި ޖުވެނައިލް ކޯޓަށްވެސް ވަނީ 2 ބޭފުޅަކު އައްޔަންކޮށްފައެވެ.

ޖޭއެސްސީއިން ދަނީ މިހާރު ފަނޑިޔާރުންގެ ގޮތުގައި ތިބި ފަރާތްތަކުގެ ތެރެއިން ގާނޫނާއި ހިލާފުވަމުންދާ ފަނޑިޔާރުން މަގާމުން ވަކިކޮށް އެ މަގާމަށް އައު ބޭފުޅުން އައްޔަންކުރަމުންނެވެ. މިއީ މިނިވަން އިންސާފްވެރި ފަނޑިޔާރުގެއެއް ބިނާކުރުމަށް ސަރުކާރުން ވެފައިވާ ވައުދު ފުއްދުމުގެ ގޮތުން ކުރެވޭ މަސައްކަތެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.