މާލޭ ސްޓްރީޓް ސްކޭޕިންގް ޕޮރޮޖެކްޓްގެ ދަށުން ފްލޫނިޔާ މަގުގެ ބްލޮކް  ތިނެއްގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ފަށައިފި އެވެ.

އާރުޑީސީން ބުނިގޮތުގައި މާލޭ ސްޓްރީޓް ސްކޭޕިން ޕްރިޖެކްޓްގެ ދަށުން މިހާރު ކުރިއަށްދަނީ މާފަންނު ހުޅަނގު ޕޭސް 1 އަދި ސެގްމަންޓް 1 ގެ މަސައްކަތްތަކެވެ. އެގޮތުން އިއްޔެ ފެށި ފްލޫނިޔާ މަގުގެ ބްލޮކް ތިނެއްގެ މަސައްކަތް ކުރިއަށް އޮތް 14 ދުވަސްތެރޭގައި ނިންމުމަށް މަސައްކަތްކުރަމުން އަންްނަކަމަށް އެ ކުންފުނިން ބުންޏެވެ.

އާރުޑީސީން ބުނިގޮތުގައި 2019 ވަނަ އަހަރުފެށި މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން މިހާރުވަނީ މާފަންނުގެ ގިނަ މަގުތަކެއް ހަދާ ނިންމާލައިފަ އެވެ. އަދި ގިނަ މަގުތަކެއް އާންމުންނަށް ހުޅުވާލާފައިވެސްވެއެވެ.

އާރުޑީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއަކީ 462 މިލިއަން ރުފިޔާ ހަރަދުކޮއްގެން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކުގައި ފެންބޮޑުވާ މައްސަލައާއި ޕާކިންގެ މައްސަލައަށް ހައްލެއް އަންނާނެއެވެ. އަދި މި މަޝްރޫއުގެ ދަށުން ހިނގާބިނގާވެ އުޅުމަށް ފަސޭހަވާނެ ގޮތަށް ގާތްގަނޑަކަށް 416 މަގެއް ތަރައްގީ ކުރެވިގެންދާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ޖާނަ ލިސްޓުންނޭ ކިޔާފަ އާގުރާނިވެސް މިމީހުން ލިޔެފާނެ ދޯ!
    ބަލަ މާލޭގާ އާމަގުތަކެއް ނަހަދައެވެ. ތިއީވކުރީންވެސް ހަދާފަ ހުރި މަގު ތަކެއް މަރާމާތު ކުރަނީ އެވެ. ހެޔޮނުވާނެ! އޮޅޭގޮތައް ޚަބަރު ނުލިޔެބަލަ.

ކޮމެންޓް

Your email address will not be published.