ޖުޑީޝިއަރީ ކޮމިޓީގެ 28 ވަނަ ބައްދަލުވުން

ނަފްރަތުގެ ކުށްތައް ޤާނޫނުލްއުޤޫބާތތުގައި ހިމެނުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލްގެ މަސައްކަތް މަޖިލީހުގެ  ޖުޑީޗަރީ ކޮމެޓީގައި ކުރިއަށް ނުގެންގޮސް، ބިލް ބޭރުކޮށްލުމަށް ހުށަހެޅި ހުށަހެޅުން ފާސްނުވެ، ބިލްގެ މަސައްކަތް އަންނަ މަހުގެ 1 ވަނަ ދުވަހަށް ނިންމަން ފާސްކޮށްފި އެވެ.

ރޭ ބޭއްވުނު ކޮމެޓީގެ ބައްދަލުވުމުގައި ދެ ހުށަހެޅުމެއް ހުށަހެޅުނު އެވެ. އެއީ ކޮމެޓީގެ މުޤައްރިރު އިމްތިޔާޒް ފަހުމީ (އިންތި) ހުށަހެޅުވި ބިލްގެ ސުންގަނޑިއަކަށް އަންނަ މަހުގެ 1  ވަނަ ދުވަސް ކަނޑައެޅުމަށް ހުށަހެޅި ހުށަހެޅުމާއި، ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ހުށަހެޅުއްވި ބިލްގެ މަސައްކަތް ކުރިއަށް ނުގެންގޮސް ބޭރުކޮށްލުމަށް ހުށަހެޅި ހުށަހެޅުމެވެ. އިންތިގެ ހުށަހެޅުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ އިތުރުން، ފޮނަދޫ ދާއިރާގެ މެމްބަރު މުސާ ސިރާޖް ތާއީދު ކުރެއްވި އެވެ. ރިޒާގެ ހުށަހެޅުމަށް ތާއީދުކުރެއްވީ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިންނެވެ.

ކޮމެޓީގެ ރިޔާސަތުން ދެ ހުށަހެޅުމަށްވެސް ވަކިވަކިން ވޯޓަށް އަހާފައިވެއެވެ. އެގޮތުން އިންތި ހުށަހެޅުއްވިގޮތަށް ބިލްގެ ސުންގަނޑިއަކަށް އަންނަ މަހުގެ 1 ވަނަ ދުވަސް ހެދުމަށް 7 މެމްބަރުން ވޯޓު ދެއްވި އެވެ. ރިޒާގެ ހުށަހެޅުމަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ. އެހެންކަމުން ބިލް ބޭރުކޮށްލުމަށް ހުށަހެޅުނު ހުށަހެޅުން ފާސްވެފައެއް ނުވެ އެވެ.

އެމްޑީޕީގެ މެމްބަރުން ކޮމެޓީގައިވެސް ވިދާޅުވަމުންގެންދެވީ ބިލް ދިރާސާކުރުމުގެ މަސައްކަތް ކުރިއަށްގެންދަވަންޖެހިވަޑައިގަންނަވާކަމަށެވެ. އަދި ދިރާސާނުކޮށް ބިލް ކޮމެޓީން ބޭރުކޮށްލުމަކީ ޒިންމާދާރުކަމަކަށް ނުވާނެކަމަށް އެމްޑިޕީގެ މެމްބަރުން ތަކުރާރުކޮށް ވިދާޅުވަމުންގެންދެވި އެވެ.

އެމްޑީޕީ މެމްބަރުންގެ އިތުރުން ދެން ކޮމެޓީގެ ބައްދަލުވުމުގައި ބައިިވެރިވެވަޑައިގެންނެވީ ރިޒާގެ އިތުރުން އަަލީ ހުސެއިންގެ އިތުރުން މެމްބަރު ސައުދު ހުސެއިންނެވެ. ރިޒާގެ އިތުރުން އަލީ ހުސެއިްނ ތަކުރާރުކޮށް ވިދާޅުވަމުންގެންދެވީ ބިލް ބޭރުކޮށްލުމަކީ އެންމެ ރަނގަޅުގޮތްކަމަށެވެ.

މި ބިލު ސަރުކާރުން ހުށައެޅި މަގްސަދަކީ ނަފްރަތުގެ އަމަލަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމެވެ. އެހެންނަމަވެސް، ހިސާން މި ބިލު ހުށައެޅުއްވުމާއި އެކު އޭނާއަށާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެގެންދިޔައެވެ. ބައެއް ފަރާތްތަކުން ބުނަމުންދަނީ މި ބިލަކީ "ލާދީނިއްޔަތު" ފެތުރުމުގެ މަގްސަދުގައި ހުށައެޅި ބިލެއް ކަމަށެވެ.

ދީނާއި ގުޅުވައިގެން ނަފްރަތު އުފެއްދުމުގެ އިތުރުން މި ބިލުގައި މީހެއްގެ ނަސްލަށް، ނުވަތަ އުފަންވީ ޤައުމަށް، ނުވަތަ ކުލަޔަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން، ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދޭން އުޅުމާއި ތަފާތުކުރުމަށް ގޮވާލާ، ހިތްވަރު ދިނުމަކީ ވެސް ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ވަނީ ހިމަނާފައެވެ.

1
0
1
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ބޭރު ނުކޮށް ކުރިޔަށް ގެންދެބަލަ. އިންތި އާއި ސިރާޖް އާއި ލަތީފް ވެސް ދާނެ ކައްަވަޅަށް. ޢެހިސާބުން ތިޔަ ބިލުގެ އަސަރު ކުރަން ފަށާނެ. ތިގޮތަށް ކަންތައް ކުރުމުން ޅައުނަތް ލައްވާނެ.

ކޮމެންޓް

Your email address will not be published.