ޔޫރޯ 2020 ގެ ދެވަނަ ބުރުން ސްޕެއިން އަދި ސްވިޑެން ޖާގަ ހޯދައިފިއެވެ.

މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސްވިޑެން ކޮލިފައިވީ މެޗުގެ ފަހު މިނެޓުގައި ޖެހި ލަނޑު 3-2 އިން ޕޮލެންޑް ބަލިކޮށްގެންނެވެ.

މުބާރާތުގައި އިތުރަށް ކުރިޔަށް ދިޔުމަށް މޮޅެއް ބޭނުންވެފައި އޮތް ޕޮލެންޑް ކޮޅަށް ސްވިޑެންގެ ފުރަތަމަ ލަނޑު ދެވަނަ މިނެޓުގައި ޖަހައިދިނީ އެމިލް ފޯރސްބާގްއެވެ. މެޗުގެ 59 ވަނަ މިނެޓުގައި ފޯރސްބާގް ދެވަނަ ލަނޑެއް ޖެހިއިރު އޭގެ ދެ މިނެޓު ފަހު ރޮބާޓް ލެވަންޑޯސްކީ ލަނޑެއް ޖަހާ ޕޮލެންޑަށް އުއްމީދު އައުކޮށްދިނެވެ. ޕޮލެންޑްގެ ދެވަނަ ލަނޑު 84 ވަނަ މިނެޓުގައި ލެވަންޑޯސްކީ ޖެހިއިރު ސްވިޑެންއަށް ގްރޫޕްގެ އެއްވަނަ ކަށަވަރުވީ ވިކްޓަރ ކްލާސެން އިތުރު ވަގުތުގެ ތެރޭގައި ޖަހައިދިން ލަނޑުންނެވެ.

ސްޕެއިން ދެވަނަ ބުރަށް ކޮލިފައިވީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ސްލޮވާކިއާ ބަލިކޮށްގެންނެވެ. މި މެޗުގައި ސްޕެއިންގެ ލަނޑުތައް ޖަހައިދިނީ ޕަބްލޯ ސަރާބިއާ، އެމެރިކް ލަޕޯޓް އަދި ފެރާން ޓޮރޭޒްއެވެ. ސްޕެއިންގެ ބާކީ ދެ ލަނޑަކީ ސްލޮވާކިއާގެ ކީޕަރު މާޓިން ޑުބްރާވްކާ އަދި އެ ޓީމުގެ ކޫކާ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ގްރޫޕްގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު ސްވިޑެން އޮތްއިރު އެޓީމާއެކު ދެވަނަ ބުރަށް ދިޔައީ ފަސް ޕޮއިންޓާއެކު އޮތް ސްޕެއިންއެވެ. ތިންވަނަ ތިން ޕޮއިންޓާއެކު ސްލޮވާކިއާ އަށް ލިބޭއިރު ތާވަލުގެ ފުލުގައި އެއް ޕޮއިންޓާއެކު އޮތީ ޕޮލެންޑްއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *