ފާއިތުވި 24 ގަޑިއިރުތެރޭގައި ކޮވިޑަށް 172 މީހަކު ޕޮޒިޓިވްވެއްޖެއެވެ.
ހެލްތުޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ފާއިތުވި 24 ގަޑިއިރުތެރޭގައި 4,523 ސާމްޕަލް ނަގާފައިވެ އެވެ. އޭގެތެރެއިން އެންމެ ގިނަ ބަޔަކު ޕޮޒިޓިވްވެފައިވަނީ މާލެ ސަރަހައްދުންނެވެ.
ކޮވިޑްގެ ކޭސްތައް ރިޕޯޓްކޮށްފައިވާ ގޮތުގެ ތަފްސީލްތައް:
- ގްރޭޓާ މާލެ ސަރަހައްދުން - 66 ކޭސް
- އަތޮޅުތެރެއިން - 96 ކޭސް
- ރިޒޯޓުތަކުން - 10 ކޭސް
ރާއްޖޭގައި މިވަގުތު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދު ވަނީ 4،362 އަށް ދައްވެފައެވެ. މީގެތެރެއިން ހޮސްޕިޓަލުތަކުގައި ފަރުވާ ދެވެމުން އަންނަ މީހުންގެ އަދަދުވެސް ވަނީ 41 އަށް އަރާފައެވެ.
✳️ COVID-19 : Case Updates pic.twitter.com/5PCn2BJEr2
— Health Protection Agency (@HPA_MV) June 23, 2021
މިއަދާ ހަމަޔަށް އެޗްޕީއޭގެ ތަފާސްހިސާބުތައް ދައްކާގޮތުން 72,466 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 67،886 މީހުން ބަލިން ރަނގަޅުވެފައިވާއިރު، ބަލީގައި 207 މީހަކު ދުނިޔެ ދޫކޮށްފައިވެއެވެ.
ކޭސްތައް މަދުވަމުން އައުމާއެކު ކޮވިޑް-19 ކޮންޓްރޯލުކުރުމަށް އެޅިފައިވާ އެކިއެކި ފިޔަވަޅުތަކަށްވެސް އަންނަނީ ލުއި ދެމުންނެވެ.