މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހިދުމަތް އޮންލައިންކޮށް ކުރިޔަށް ގެންދިޔުމަށް ނިންމައިފިއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލުކުރުމަށް ސަރުކާރުން އޮފީސްތައް މިމަހުގެ 29 ވަނަ ދުވަހާއި ހަމަޔަށް ބަނދުކުރުމަށް ނިންމާފައިވުމުގެ ސަބަބުން އެ ކޯޕަރޭޝަނުން ދެމުން އައި ހިދުމަތްވެސް މިމަހުގެ 29 ގެ ނިޔަލަށް އޮންލައިންކޮށް ދެމުން ގެންދާނެކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.

ހައްޖު ކޯޕަރޭޝަންގެ އޮފީސް ބަންދުކޮށްފައި ހުރުމުގެ ސަބަބުން މައުލުމާތު ހޯދުމަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 ފެށިގެން މެންދުރު 13:00 ހަމަޔަށް އެ ކޯޕަރޭޝަނުގެ ކަސްޓަމަރ ކެއަރ ހޮޓްލައިން 7961012 ނުވަތަ 9482292 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެއްވޭނެއެވެ.

ހަމަމިއާއެކު، ހައްޖު ކޯޕަރޭޝަންގެ ވެބްސައިޓް www.mhcl.mv ގައި ގާއިމްކުރެވިފައިވާ "ފަހެލި" ޕޯޓަލް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދޭނެ ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ. އަދި ހިދުމަތަށް އެދޭ ފޯމު ފުރުއްވުމަށްފަހު ހައްޖު ކޯޕަރޭޝަނުގެ އީ-މެއިލް [email protected] އަށް މެއިލް ކުރުމަށް އެދިފައިވެއެވެ.

މިއަހަރުވެސް ހައްޖަގެ މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބޭނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ސައުދި އަރަބިއްޔާއިން ވަނީ ހާމަކޮށްފައެވެ. ސައުދި އަރަބިއްޔާގެ ރައްޔިތުންގެ ތެރެއިންވެސް މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ސައުދި އަރަބިއްޔާގެ މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ކަނޑައަޅާފައިވަނީ 60،000 މީހުންނަށެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.