ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސޯލިހުގެ ޖަނާޒާގައި ވައިވެރިވެ ވަޑައިގެންނެވުމަށް ދުބާއީއަށް ވަޑައިގެންނެވުމަށްފަހު އެމަނިކުފާނު މިއަދު މާލެ ވަޑައިގެންފިއެވެ.
ރައީސް ސޯލިހް ދުބާއީއަށް ވަޑައިގެންނެވީ މިދިޔަ ހޯމަ ދުވަހުއެވެ. ރައީސް ސޯލިހުގެ އިތުރުން އެ ޖަނާޒާގައި ބައިވެރިވުމަށްޓަކައި އާއިލާގެ ބައެއް ބޭފުޅުން ވެސް ވަނީ އެމަނިކުފާނާއެކު ދުބާއީއަށް ވަޑައިގަންނަވާފައެވެ.
ޖަނާޒާއަށްފަހު ރައީސް ސޯލިހް މާލެ ވަޑައިގެންފައިވާކަން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ރައީސް ސޯލިހްގެ ކޮއްކޯފުޅު އަހުމަދު އަވަހާރަ ވެފައިވަނީ ދުބާއީގައި ކެންސަރު ބައްޔަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ހޯމަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ. އުމުރުފުޅުން 55 އަހަރުގެ އަހުމަދު ސިއްޚީ ފަރުވާއަށް ދުބާއީއަށް ފުރާވަޑައިގެންފައިވަނީ މިދިޔަ އެޕްރީލް މަހުއެވެ. އަހްމަދު ފަސްދާނުވެޑުވުމުގެ ކަންކަން ކޮށްފައި ވަނީ ވެސް ދުބާއީގައެވެ.