މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީ -- ފޮޓޯ: ވަން އޮންލައިން

ކެރެލަގެ ނޯކާ ރޫޓްސް މެދުވެރިކޮށް ބިދޭސީ ޓިޗަރުން ރެކްރޫޓް ކޮށްފައި ވަނީ ދިވެހި ޓީޗަރުން ނުލިބުމުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކެރެލާއިން ގެނެސްފައިވާ 5 އަރަބި ޓީޗަރުންނާއި 5 ޤުރްއާން ޓީޗަރުން ރާއްޖޭގެ 9 ސްކޫލްއެއްގައި ކިޔަވައިދެމުން އެބަގެންދާ ކަމަށެވެ. އަދި މި ޓީޗަރުން ހޯދީ މި މާއްދާތައް ކިޔަވައިދޭނެ ދިވެހި ޓީޗަރުން ހޯދުމަށް އިއުލާނުކޮށް، ޓީޗަރުން ލިބިފައި ނުވާ މަގާމުތަކަށް ޓީޗަރުން ހޯދުމަށް އެކި ގައުމުތަކުގެ ހައިކޮމިޝަން ތަކުގައި އެހީތެރިކަމަށް އެދިގެން ކަމަށެވެ.

އެގޮތުން މި ޓީޗަރުންނަކީ އިންޑިޔާގެ ހައިކޮމިޝަންގެ ފަރާތުން، އިންޑިޔާގެ ސަރުކާރުން ސްޕޮންސަރ ކޮށްފައިވާ އިންޑިޔާގެ ރެކްރޫޓްމަންޓް އޭޖެންސީ އެއް ކަމަށްވާ ނޯކާ ރޫޓްސް މެދުވެރިކޮށް 2020 ވަނަ އަހަރު ރެކްރޫޓްކޮށްފައިވާ ޓީޗަރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނީ މި ޓީޗަރުން ރެކްރޫޓް ކުރުމުގެ ކުރިން، މި ދާއިރާއިން ރާއްޖޭގެ މުދައްރިސުން ތަމްރީނުކުރާ މަރުކަޒުތަކުގައި ކިޔަވާ ދަރިވަރުންނާއި ވެސް ވާހަކަ ދައްކާ، މުދައްރިސުންގެ ދަތިކަން ހުރި ރަށްތަކަށް ދެވޭނެ ފަރާތްތައް ލިބޭތޯ މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ޓީޗަރުން ނުލިބި ގިނަ ދުވަސްތަކެއް ވެއްޖެނަމަ ދަރިވަރުންގެ ކިޔެވުމަށް ނޭދެވޭ އަސަރު ކުރުމުގެ ބިރު އޮތުމުން އެ ފުރުސަތު ބިދޭސީ މުދައްރިސުންނަށް ދިނީ ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

އެ މިނިސްޓްރީން އިތުރަށް ބުނީ ބިދޭސީ ޓީޗަރުން ތިބި މަގާމުތަކަށް ދިވެހި ރާއްޖޭގެ ޓީޗަރުން ތަމްރީނުކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަދި ދިވެހި މުދައްރިސެއް ލިބޭ ނަމަ ލޯކަލައިޒް ކުރުމުގެ ޕޮލިސީގެ ދަށުން އެ މަގާމްތަކަށް ދިވެހިން އައްޔަން ކުރާނެ ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. މިނޫހުން ބަލާލަދީބަލަ ކިތަށްވަގުތީދިވެހި ޓިޗަރުންގެންގުޅޭބާ. އެމީހުންނަށް ދެނީ ވަރަށްކުޑަމުސާރައެއް. ވަގުތީކިޔަސް ދާއިމީ ބޭރުމީހަކު ކުރާމަސައްކަތްކުރޭ. އެކަމުބޭރު މީހާއަށް 15000 ރުފިޔާގެ މުސާރައެއްދީ. މީދިވެހިންނިކަމެތި ކުރަންކުރާކަންކަން. ދިވެހިން ކުއްލިޔަކަށް ވަޒީފާތަކަށް ނުލިބުނީ ކީއްވެބާ. އާސުކޫލުތަކެއްހުޅުވީބާ. ކުރިންސުކޫލުތަކުގައި ކިޔަވާނުދެނީބާ

ކޮމެންޓް

Your email address will not be published.