ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް މާލީގޮތުން ކުރިމަތިވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އަޅުއްވާ މުހިންމު ފިޔަވަޅެއްގެ ގޮތުން މިއަދު ތަޢާރަފްކުރެވުނު ލޯނު ސްކީމްގައި އިސްކަން ދޭނީ އެންމެ ބޮޑަށް އަސަރު ކޮށްފައިވާ ވިޔަފާރިތަކަށްކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.
ލޯނު ތަޢާފަރް ކުރުމަށްފަހު ވާހަކަ ދައްކަވަމުން ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ފުރަތަމަ ލޮކްޑައުންގެ ތެރޭގައި ވެސް ސްޓިމިއުލަސް ޕެކޭޖްތަކެއް ތައާރަފުކުރެވުނުކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ، އަނެއްކާވެސް އިތުރު ގޮންޖެހުންތަކެއް އިގްތިސާދަށް ދިމާވެފައިވާކަމަށެވެ. އަދި ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ކޮށްފައިވާ އަސަރު ބޮޑުކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވިގޮތުގައި މިއަދު ތަޢާފަރްކުރެވުނު ލޯނު ސްކީމްގައި އިސްކަންދޭނީ ކޮވިޑްގެ ސަބަބުން އެންމެ ބޮޑަށް އަސަރުކޮށްފއިވާ ވިޔަފާރިތަކަށް ކަމަށެވެ. އެގޮތުން މިފަހަރު އެސްއެމްސީ ބޭންކު ނުވަތަ އެސްޑީއެފްސީން ހުޅުވާލުމުގައި ގެންގުޅޭ ވަކި އުސޫލުތަކެއް ހުރި ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އޭގެތެރޭގައި އެންމެ ޚާއްސަކަމެއް ދޭނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރެއިން އެންމެ ބޮޑަށް އަސަރުކޮށްފައި ހުރި ދާއިރާތަކާއި އަދި ރަށްތަކަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
އެގޮތުން ގްރޭޓަރ މާލެ އޭރިއާ އަކީ ޕޮރިއޯރަޓީގައި އެންމެ އިސް ޕްރައިއޯރަޓީ އެއް ދެވެނޭ އެއް ދާއިރާ، އޭގެއިތުރުން ލޮކްޑައުން ފަހުން ގެނެސްގެން އެންމެ ބޮޑަށް އަސަރުކުރި ރަށްތައް ޕްރައިއޯރިޓީ ލިސްޓުގައި ހިމެނޭނެ.
އޭގެއިތުރުން ވިޔަފާރިތައް ލޯނު ދޫކުރުމުގައިވެސް އެންމެ ބޮޑަށް އަސަރުކުރި ވިޔަފާރި ތަކަށް ޚާއްސަ އަހަމިއްޔަތޔުކަމެއް ދޭނެ ކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އޭގެ ތެރޭގައި ސެލޫން ޖިން ފަދަ ތަންތަނަކީ ލޮކްޑައުން ތެރޭގައި އެއްވެސް ވިޔަފާރިއެއް ނުކުރެވި ބަންދުކުރެވިފައި ހުރި ތަންތަން، އަދި ކެފޭ ރެސްޓޯރެންޓް ތަކަކީ ކޮންމެވެސް ވަރަކަށް ޑެލިވަރީ މަސައްކަތް ކުރެވުނު ކަމުގައިވީނަމަވެސް އެވިޔަފާރީގައި ވަރަށް ބޮޑު ބައެއް ކުރިއަށް ނުގެންދެވި ހުރި ވިޔަފާރިތައް، މިކަހަލަ ވިޔަފާރިތައް
މިނިސްޓަރ ފައްޔާޒް ވިދާޅުވި ގޮތުގައި މައިގަނޑު ގޮތެއްގައި މި ލޯނު ތައާރަފް ކުރެވެނީ އެގްޒިސްޓިން ވިޔަފާރިތައް ކޮޅަށްޖެހުމުގައި އެހީތެރިވުމަށެވެ. އަދި އެ ވިޔަފާރިތައް ދިރުވާ ކުރިއަށް ގެންދެވޭނެ ނިޒާމެއްގެ ތެރޭގައި ލޯނުތައް ބައްޓަން ކޮށްގެން ކުރިއަށް ގެންދިއުމަށް ކަމަށް މިނިސްޓަރ ފައްޔާޒު ވިދާޅުވިއެވެ.